ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބަރ ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން ދަނީ އިތުރުވަމުން: ޝުޖާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ސައިބަރ ކުއްތަށް ތަހުޤިޤު ކުރުމުގެ ޤާބިލުކަން ދަނީ އިތުރުވަމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރ މަސް ފާޙަގަކުރަމުންދަނީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައެވެ. މި މަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ސައިބަރ ކުށްތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަން ރައްޔިތުންނަށް ބުނެދިނުމެވެ. އަދި މި ފިޔަވަޅުތައް އެޅުމަށް މުޖުތަމަޢުގެ ގިނަ ބަޔަކު ހޭލުންތެރިކުރުވާ އެކަމަށް ބާރު އެޅުމެވެ. އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުގެ ނުރައްކާ މިހާރު އޮތް މިންވަރާ މެދު ކަންބޮޑުވާންޖެހޭ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ، ސައިބަރ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގަ ކާމިޔާބީތަކެއް ވަނީ ހާސިލްކުރެވިފައިއެވެ. އަދި އަމާޒަކީ އެންމެނަށް ރައްކާތެރި ސައިބަރ މާހައުލެއް ކަށަވަރުކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމްކޮށް ސްޓްރެޓެޖީތައް ތަންފީޒުކޮށް ރާއްޖެއަކީ ޑިޖިޓަލް މުއާމަލާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ސްކޭމްގެ އެކި ހަމަލާތަކުގެ ޝިކާރައަކަށްވާ މީހުން ގިނަ ކަމަށާއި އެކަމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ރައްޔިތުންނަށް އެނގި ހޭލުންތެރިވުން މުހިންމު ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ހޭލުންތެރިވެ އެފަދަ ކަންކަން ދެނެގަތުން ދަސްކުރުމަކީ އެފަދަ ކުށްތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅޭކެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ގިނަ މައުލޫމާތު ފުލުހުންގެ ސައިބަރ ކުށްތައް ތަހުގީގުކުރާ ބަހާގަ އަލަށް އުފެދިގެންދާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޝުޖާއު  ވަނީ ދެއްވާފައެވެ. މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ސައިބަރ ކުށްތައް ހިނގާ މާހައުލުގައި ހަރަކާތްތެރިވާ އަދި ޑިޖިޓަލް ޕްލެޓް ފޯމްތައް ބޭނުންކުރާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މައުލޫމާތު ލިބިގެންދިޔުން ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެއެވެ. އެގޮތުން، ސައިބަރ ކްރައިމް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މަސައްކަތްކުރާނެ ގޮތާއި، އެފަދަ ކުށްތައް ކުރާ މީހުން ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކުގެ މައުލޫމާތު ވީޑިއޯ އަދި ޕޯސްޓުތައް މެދުވެރިކޮށް ހިއްސާކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: