ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕް މަނާ ކުރުމަށް ނިންމުމާއެކު ކަމާގުޅުންހުރި ކުންފުނިތަކާއި މިނިސްޓަރުން ދެއްވީ ރައީސްއަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަންް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭޕް މަނާ ކުރަން ރައީސް ނިންމި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރައްވަމުން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. 

ވޭޕް މަނާކުރުމަށް ރައީސް ނިންމެވުމުން އުޝާމް ވިދާޅުވީ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގަ ނިންމެވި ކަމެއްކަމަށާއި އެކަމަށް ޝުކުރު އަދާ ކުދާކުރައްވާ ކަމަށެވެ. ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރައްވަމުން ކަމަށް އުޝާމް ވިދާޅުވިއެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. 

މިމައްސަލައާއި ގުޅިގެން ކަމާ ގުޅުންހުރި ވަޒީރުންނާއި އަދި ކުންފުނިތަކާއި މުވައްސަސާތަކުން ވަނީ ރައީސްގެ ނިންމެވުމުނު ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޭތެރޭގައި ވޭޕް އެތެރެ ކުރުމަށް މެދުވެރިވާ މުވައްސަސާ ކަމަށްވާ ކަސްޓަމްސްއިން ވަނީ ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކަސްޓަމްސްއިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި އަދި ވާންޖެހޭ ތައްޔާރީތައްވުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ބުނެފައެވެ. 

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ބުނެފައިވަނީ ވޭޕް މަނާ ކޮށްދިނުމަށްޓަކައި 215 ސްކޫލެއްގެ ޕީޓީއޭއިން އެ މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އެހެންކަމުން ރައީސްގެ ނިންމެވުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވަނީ ބުނެފައެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންމެ ޓެކްނޮލޮޖީ އިހުސާން ވިދާޅުވީ ދިވެހި ދަރިން މަސްތުގެ މަގަށް ފަސޭހަކަމާއެކު އަނބުރާލުމަށްޓަކައި ބޭނުން ކުރާ އެކައްޗަކީ ވޭޕް ކަމަށެވެ. އެހެންކަމުން ވޭޕް ބޭނުންކުރުން މަނާ ކުރުމަށް ނިންމުމަކީ މި ގައުމު ތާ އަބަދަށް ޝުކުރުވެރިވާނެ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: