ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޕަރޭޝަން ކުރަނގި: 8 ރަށެއްގައި ތިބި ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އާއި ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ކުރިއަށް ގެންދާ ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން މިހާތަނަށް 8 ރަށެއްގައި ތިބި ބިދޭސީންގެ މައުލޫމާތު އެއްކުރެވިއްޖެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މި އޮޕަރޭޝަނަކީ ޤަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީން ޤަވައިދަށް ފެތުމަށާއި، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.

މިހާތަނަށް 45 ރަށެއްގައި މި އޮޕަރޭޝަން ފަށާފައިވާއިރު، 8 ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް ނިމިފައިވެއެވެ. މިގޮތުން ޖުމްލަ 4،272 ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރެވިފައިވެއެވެ. އަތޮޅުތަކުގެ ތަފްސީލަށް ބަލާއިރު، ހއ. އަތޮޅުން 390 ބިދޭސީ، ރ. އަތޮޅުން 318، ކ. އަތޮޅުން 1،882، ލ. އަތޮޅުން 200 އަދި ސ. އަތޮޅުން 114 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވެއެވެ.

މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އެމީހުން ކުރަމުންދާ މަސައްކަތްތައް ދެނެގަތުމާއި، ބިދޭސީން އުޅުމުގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ މީހުންތޯ ކަށަވަރުކުރުމެވެ. އަދި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮޕަރޭޝަން ނިމިގެންދާއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް މީހަކު ރާއްޖޭގައި ނުހުންނާނެއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 35 އިންސައްތަ މީހުން އެކަނި ގަވާއިދުން ދައުލަތަށް ވޯކް ޕާމިޓް ފީ ދައްކަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މި އޮޕަރޭޝަންގެ ސަބަބުން ބިދޭސީންގެ މައުލޫމާތު އެއްކުރެވި، ގަވާއިދާ އެއްގޮތަށް އުޅޭ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: