ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެލް ޓެކޮނޮލޮޖީސް ބޭނުންކޮށްގެން އޭއައި ކުރިއަށް ގެންދާނެ ގޮތް ސާފުކޮށްދިނުމަށް މެކްސްކޮމްގެ އިވެންޓެއް!

މެކްސްކޮމްގެ އެމްއެސްއައި ބްރޭންޑުގެ ލެޕްޓޮޕެއް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ޑެލް ޓެކޮނޮލޮޖީސް ބޭނުންކުރެވޭނެ ގޮތްތައް ސާފުކޮށްދިނުމަށް މެކްސްކޮމްއިން ޚާއްޞަ އިވެންޓެއް ބާއްވައިފިއެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތައް މެކްސްކޮމްގެ ކްލައިންޓުންނާ ހަމައަށް ގެނެސްދިނުމުގެ މަޤްޞަދުގައި ބޭއްވި މި އިވެންޓުގައި، ޑެލް ޓެކްނޮލޮޖީސްގެ ހާޑްވެއަރ ބޭނުންކޮށްގެން އޭއައި ކުރިއަށް ގެންދެވޭނެ ގޮތްތބެހމަޢުހިއްސާކުރެވުނެވެ.

މެކްސްކޮމްގެ ފަރާތުން މި އިވެންޓާ ގުޅޭ ގޮތުން ދެއްވި މަޢުލޫމާތުގައި، އޭއައިއާ ގުޅޭ ތަޖުރިބާކާރުން ޑެލްގެ ޓެކްނޮލޮޖީއާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މެކްސްކޮމްއިން 14 އަހަރަށްވުރެ ގިނަ ދުވަހު ޑެލްއާއެކު މަސައްކަތްކޮށްފައިވާކަމާއި، ޑެލްގެ ހުރިހާ ޓެކްނޮލޮޖީތަކެއް ނެރުމުގެ މަސައްކަތް މެކްސްކޮމްއިން ކޮށްފައިވާކަންވެސް ހާމަކުރެއްވިއެވެ.

މީގެއިތުރުން، އެކި ދާއިރާތަކަށް ފަސޭހަވާނެ އޭއައިއާ ގުޅޭ ޓެކްނޮލޮޖީތައް މެކްސްކޮމްއިން ތަޢާރަފުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ޞިއްޙީ ދާއިރާ، ފައިނޭންޝަލް ދާއިރާ އަދި ހޮސްޕިޓަލިޓީ ދާއިރާއަށް ޚާއްޞަ ޓެކްނޮލޮޖީތަކުގެ އިތުރުން، ކުށްވެރިން ދެނެގަތުމުގައި އެހީތެރިވެދޭނެ ޓެކްނޮލޮޖީވެސް ތަޢާރަފުކޮށްފައިވާކަމަށް މެކްސްކޮމްއިން މަޢުލޫމާތު ދެއްވިއެވެ.

މި އިވެންޓަކީ އައު ޓެކްނޮލޮޖީތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރުމާއި، އޭއައިގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިކޮށްދިނުމަށް މެކްސްކޮމްއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ.

އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖެ ކަހަލަ ކުޑަ ކުޑަ މާކެޓެއްގައި ވަރަށް ފަސޭހައިން މިކަން ކުރެވިގެންދާނެކަން ހާމަކޮށްދިނުން.

ސިބާ ވިދާޅުވިއެވެ.

މެކްސްކޮމްއިން ކުރިއަށް ގެންދިޔަ އިވެންޓުގައި 60 އަށްވުރެ ގިނަ އޮގަނައިޒޭޝަންއިން ބައިވެރިވެފައިވާނެކަމަށް މެކްސްކޮމްއިން މައުލޫމާތުދެއެވެ. މި އިވެންޓުގައި މިހާރު ރާއްޖޭގަިއ ހުރި އިންފްރާސްޓްރަކްޗާގެ ތެރޭގައި އޭއައި ބޭނުން ކުރެވޭނީ ކިހިނެއްކަމާއިމެދު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: