ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ޓެކްސް ބޮޑު ކުރުމަކީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ބޮޑެތި މަންފާ ހޯދާ ފަރާތްތައް އަތުން ރައްޔިތުންނަށް ހައްގުވާ މިންވަރެއް ހޯދުމުގެ މަސައްކަތްކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ދާއިރާ އިން ނަގާ ބައެއް ޓެކްސްތައް ބޮޑު ކުރަން ނިންމައި ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހެޅިއިރު އޭގެ ތެރޭގައި ދެން ހިމެނެނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި، ގްރީން ޓެކްސް އެވެ.
އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ޓެކްސް 16 އިންސައްތައިން 17 އަށް ބޮޑުކޮށް ހުށަހެޅި އިސްލާހަށް ތާއީދު ކުރައްވައި އައިފާން ވިދާޅުވީ ފަތުރުވެރިކަމުގެ ތެރެއިން ނަގަމުން އައި ޓެކްސްއަކަށް އެއް ޕަސަންޓު އިތުރުކޮށް އެކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމަކީ އެއީ ބަޔަކު ދެކޮޅުވެރިވާން ޖެހޭކަމެއް ނޫންކަމަށެވެ. އައިފާން ވިދާޅުވީ މި ބަދަލުގެ ސަބަބުން މި ޓެކްސްގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކައިގެން އާމްދަނީއެއް ހޯދަމުން ދާ ދާއިރާއަކަށް ގެއްލުމެއް ވާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މި ވާހަކަ އޮޅޭ ގޮތަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާ މެމްބަރުންނަކީ ރައްޔިތުންނާއި ދޭތެރޭ އެއްވެސް ކުލުނެއް ނުވަތަ ރައްޔިތުންނާއި ދޭތެރޭ އެއްވެސް ލޮތްބެއް އޮތް ބައެއް ނޫންކަން އަޅުގަނޑު ގަބޫލު ކުރަނީ
އައިފާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާނެކަން މިއަދު ޔަގީން ކުރެވޭ އެތައް މަސައްކަތެއް އެމަނިކުފާނު ކުރައްވަމުން ދާކަމަށެވެ. އަދި އެ މަނިކުފާނު ތަންފީޒީ މަރުހަލާއަށް ގެނައުމަށް އިއުލާނު ކުރައްވާފައިވާ އެތައްކަމެއް އެއީ ކުރީ ސަރުކާރުތަކުން އެކަމަކަކަށް ވައުދުވެ ނުކުރެވި ހުރި ކަންތައްކަމަށް އައިފާން ވިދާޅުވި އެވެ.
ސަރުކާރަށް ރައްޔިތުންގެ ތާއީދާއި ރުހުން ލިބޭ މަންޒަރު ބަލަން ބައެއް މީހުންނަށް ކެތް ނުކުރެވޭނެކަމަށާއި، ޓެކްސްތަކުގެ އިސްލާހު ހުށަހެޅުމުން ގިނަ ބައެއް އެކަމަށް ފާޑުކިޔާ ސަބަބަކީ އެއީކަމަށް އައިފާން ވިދާޅުވި އެވެ. ވިޔަފާރިވެރިންނަށް ދަތިވާނެކަމަށް، ނުވަތަ އެ ވިޔަފާރިތައް އިނދަ ޖެހިދާނެކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން ދައްކަމުން ދަނީ އަސްލެއް ހުރި ވާހަކަތަކެއް ނޫންކަމަށާއި 16 އިންސައްތައިގައި ހުރި ޓެކްސްއެއް 17 އަށް ބަދަލު ގެނައުމުން ދިމާވާނެ ގެއްލުމަކީ ކޮބައިތޯ އައިފާން ސުވާލު އުފެއްދެވި އެވެ.
މި ގައުމުގައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ބޮޑެތި މަންފާ ހޯދާ ފަރާތްތައް އަތުން ހައްގުވާ މިންވަރެއް… ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހައްގުވާ މިންވަރެއް ހޯދުމުގެ މަސައްކަތް މިއަދު ކުރަމުން މިގެންދަނީ..
އައިފާން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަހަރުން އަހަރަށް ކުރިއަރައި، ގިނަ އަދަދެއްގެ ރިސޯޓުތަކުން ހިދުމަތް ދޭއިރު ގައުމު ޑޮލަރަށް ޖެހެންވީ ސަބަބާއި މެދު ރައްޔިތުން ސުވާލު އުފައްދާކަމަށެވެ. އޭގެ ސަބަބަކީ ފަތުރުވެރިކަމުގެ ހަގީގީ މަންފާ ގައުމުގެ އިގްތިސާދަށް ނުވަނުންކަމަށާއި، އެކަމުގެ ތަކުލީފު ރައްޔިތުން ނަގަން ޖެހޭނަމަ ސަރުކާރުން ފިޔަވަޅު އަ

