ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުން އާމްދަނީ އިތުރުކުރާނެ ގޮތްތައް ސަރުކާރަށް އެނގޭ: މަމްދޫހު

ފުނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު މަމްދޫހް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ދަތި ނުވާނެ ގޮތަށް، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ އިތުރުކުރާނެ ގޮތްތައް އަދުގެ ސަރުކާރަށް އިނގޭ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސާއި ފީ ނެގުމާއިބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މަމްދޫހު ވިދާޅުވީ، ކުރީ އަހަރުތަކުގައި ދައުލަަތަށް އާމްދަނީ އިތުރު ކުރުމަށް ފެނުނު ހަމައެކަނި މަގަކީ، ރާއްޖޭގައި އިޤްތިސާދު އެންމެ ގޯސްވި ދަނޑިވަޅުގައި، ރައްޔިތުންގެ ޖީބުގެ ތެރެއަށް އަތްލުން ކަމަށެވެ. އެހެންނަމަވެސް މިއަދު އެކަން ތަފާތުވާ ސަބަބަކީ އަދުގެ ސަރުކާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއިން އާމްދަނީ އިތުރު ކުރާނެ ގޮތައް އެނގުން ކަމަށެވެ.

މަމްދޫހު ވިދާޅުވީ، މި އިސްލާހަކީ އެއްވެސް ރައްޔިތަކަށް ދަތި ނުވާނެ ގޮތަކަށް، ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ގެނެވޭ އިސްލާހެއް ކަމަށެވެ. އެ އިސްލާހުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށް، މަޖިލިހުގެ ބައެެއް މެމްބަރުން ބުނި ނަމަވެސް، އެއީ އެއްބަސް ވެވޭނެ ކަމެއް ނޫންކަމަށް މެމްބަރ ވިދާޅުވިއެވެ.

”މާޒިގެ ތެރެއަށް ބަލާނަމަ، 2023 ވަނަ އަހަރު އެމްޑިޕީގެ އަތުން ވެރިކަން ގެއްލިގެން ދިއުމުން، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެމްޑީޕީގެ ލީޑަރ ޝިޕުން ގޮވަމުންދިޔަ ދަނޑިވަޅުގައިވެސް ރާއްޖޭގެ ޓޫރިޒަމް ރަނގަޅު މިޝްރާބަކަށް ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތު ތަކާއި އެކީގައި، ރަނގަޅު މިޝްރާބަކަށް އަޅުގަނޑުމެން މިދަނީ ބައްޓަން ކުރަމުން، އެ މިޝްރާބަށް ދާތަން އަޅުގަނޑުމެންނަށް އެބަފެނޭ“ މެމްބަރ ވިދާޅުވިއެވެ.

2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ. އަދި 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އަރާފައިވާއިރު، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާއި ގާތް ވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މަމްދޫހު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ނިމުނުއިރު 3.5 ގައި ހުރި ޓީޖީއެސްޓީ މިހާރު %16 އަށް އަރާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: