ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި 200 އަށް ވުރެ ގިނަ ސިޔާސީ މަގާމު މަދު ކުރަނީ

ރައީސް ޑރ. މުއިއްޒު، ރައީސް އޮފީހުގެ މުވައްޒަފުންނާ މީގެ ކުރިން ބައްދަލުކުރެއްވިއިރު، އެ މަނިކުފާނުގެ ނައިބު ހުސެއިން އަދި ރައީސް އޮފީހުގެ އިސް ބޭފުޅުންތަކެއް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ފިޔަވަޅެއްގެ ގޮތުގައި ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ ސިޔާސީ މަގާމުތައް މަދު ކުރުމަށް އަންގަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ނިންމައި، ސިޔާސީ މަގާމުތައް މަދު ކުރުމަށް ރައީސް މުއިއްޒު ނިންމާފައިވާއިރު މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ވެގެންދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ސީދާ ޙަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން 228 ސިޔާސީ ބޭފުޅުން ވަކިކުރުމަށް އަންގަވާފައިވާ ކަމަށަވެ.

އޭގެތެރޭގައި 7 ސްްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މީގެސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަދި މާލީ ހާލަތުން އަރައިގަތުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަ މަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: