ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންބޮޑުވާ އަދަދަކަށް ވޭޕްގެ ވަބާގައި ދަރިވަރުން ވަނީ ޖެހިފަ: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަޢުލީމީ ދާއިރާގައި ކަންބޮޑުވާ މިންވަރަށް ވޭޕްގެ ވަބާގައި ދަރިވަރުން ޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރުމާ ގުޅިގެން، ސަންގު ޓީވީ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ތުއްތު ކުދިންގެ ތެރެއިން ކަންބޮޑުވާ އަދަދަކަށް ދަރިވަރުން ވޭޕްގެ ވަބާގައި ޖެހިފައިވާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ކުދިންނަށް މަގު އޮޅުވާލައި، އެކަމުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝަފީއު ވިދާޅުވި ގޮތުގައި، މި މައްސަލަ ފާހަގަކުރެވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޕީޓީއޭތަކާއި ބައްދަލުކޮށް، ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް މި ކަމާ ގުޅޭ މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން، 215 ސްކޫލެއްގެ ބެލެނިވެރިން ވޭޕްގެ ބޭނުންކުރުން ދިވެހިރާއްޖޭގައި މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިފައިވާ ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

”އެޑިއުކޭޝަން މިނިސްޓްރީއިން މި މައްސަލަ ހުށަހެޅިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ދިވެހި ކިޔަވާ ކުދިންގެ ޙައްޤުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމާ ގުޅިގެން ބޮޑެތި ބަދަލުތަކެއް ގެންނަވާފައި،“ މިނިސްޓަރ ވިދާޅުވިއެވެ.

މުޖުތަމަޢުގެ ކުރިއެރުމުގައި ދުޅަހެޔޮކަމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މިނިސްޓަރ ޝަފީއު ވިދާޅުވީ މިފަދަ މައްސަލަތައް ޒުވާނުންނާއި ކިޔަވާ ކުދިންގެ އާބާދީއަށް އަމާޒުވެގެން އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: