ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ޤައުމީ އެއަރ އެމްބިއުލަންސްގެ ޚިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ ސާމާނު ވަނީ ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން އެއަރ އެމްބިއުލާންސް ޚިދުމަތަށް ބޭނުންވާ ޚާއްޞަ މެޑިކަލް އާލާތްތަކެއް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޞިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް-ހަމާދީ އަދި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްާހިމް ވިދާޅުވީ، އުރީދޫއިން ހަދިޔާކުރެއްވި މި ޚާއްޞަ މެޑިކަލް އާލާތްތަކާއެކު ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށާއި، މި ތަކެތީގެ ބޭނުން ހިފައިގެން ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭނެ ކަމަށެވެ.

ރައްޔިތުންނަށް އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ވަޒީރު ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ސަބަބުން، އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ބަލިމީހުންނަށް އަވަސް އަދި ރައްކާތެރި ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ބޭނުންވާ ޞިއްޙީ ވަސީލަތްތައް ޤާއިމުކުރުމުގެ މުހިންމުކަން ވަޒީރު އިސްކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމަކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެއަރ އެމްބިއުލަންސްގެ ޚިދުމަތް ތަޢާރަފުކުރެވުނު ފަހުން، ގިނަ ފަރާތްތަކަކުން މި ޚިދުމަތް ބޭނުންކޮށްފައިވާ ކަމަށާއި، މިއީ ޞިއްޙީ ދާއިރާއަށް ގެނެވުނު މުހިންމު އިންޤިލާބެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ، ޚާލިދު އަލް ހަމާދީ ވިދާޅުވީ، ރައްޔިތްޔިތުންނަށް ޞިއްޙީ ފަރުވާ ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އުރީދޫއިން ޚާއްޞަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ޞިއްޙީ ޚިދުމަތަކީ އަސާސީ ޙައްޤެއްކަމުގައި ހަމާދީ ފާހަގަކުރެއްވިއެވެ.

އެއަރ އެމްބިއުލަންސްއަކީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ މުހިންމު ޚިދުމަތަކަށްވާތީ، މިފަދަ ކަމެއްގައި ސަރުކާރަށް އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރުމަކީ ފަޚުރުވެރިވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އުރީދޫއިން ހަދިޔާކުރި ތަކެއްޗާއެކު އެއަރ އެމްބިއުލަންސްއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މުޖުތަމަޢުއާއެކު ގުޅިގެން، ޞިއްޙީ ޚިދުމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ އަދި ހަރުދަނާ ޤައުމެއް ބިނާކުރުމަކީ އުރީދޫއިން އަހައްމިއްޔަތުކަންދޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

އުރީދޫއިން ޤައުމީ އެއަރ އެމްބިއުލަންސްގެ ޚިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ ސާމާނު ވަނީ ހަދިޔާކޮށްފައެވެ. ޞިއްޙީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތުގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކު ވަނީ ފޯރުކޮށްދެވިފައެވެ. މި އަހަރުގެ މާމި އަހަރުގެ މާރިޗު މަހުގެ އެއްވަނަ ދުވަހު ފެށުނު އެއަރ އެމްބިއުލަންސްގެ ޚިދުމަތް މިހާތަނަށް 436 ކޭސްގައި ބޭނުންކުރެވި، ޖުމްލަ 517 ބަލިމީހުން ފަރުވާއަށް ގެންދެވިފައިވާކަން ފާހަގަކުރެވެއެވެ.

މި ޚިދުމަތް ތަޢާރަފުކުރެވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުއްލި ޙާލަތްތަކުގައި އަވަސް އަދި ފެންވަރު ރަނގަޅު ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެން ގޮސްފައިވެއެވެ. މިއީ ޚާއްޞަކޮށް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ.

އުރީދޫ މޯލްޑިވްސްގެ މި މުހިންމު އެހީތެރިކަމަކީ، އިޖްތިމާޢީ ޒިންމާދާރުކަމުގެ ރޫޙުގައި ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިފަދަ އިސްނެގުންތަކަކީ ޤައުމީ ފެންވަރުގައި ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

އެއަރ އެމްބިއުލަންސްގެ ޚިދުމަތް ތަޢާރަފުކުަފުކުރެވި، އުރީދޫ މޯލްޑިވްސްގެ ފަދަ އަމިއްލަ ކުންފުނިތަކުން މި ދާއިރާއަށް ކުރާ އިންވެސްޓްމަންޓްަންޓްތަކަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ލިބޭ ވަރަށް މުހިންމު ބާރުއެޅުމެކެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބިގަތުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: