ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބޮޑު ކުރަން ޖެހުނީ ކުރީ ސަރުކާރުން ހެއްދެވި ގޯސް ހައްލު ކުރުމަށް: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޖީއެސްޓީފަދަ ޓެކްސްތައް ބޮޑު ކުރަން ޖެހުނީ ކުރީ ސަރުކާރުން ހެއްދެވި ގޯސް ހައްލު ކުރުމަށްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، 2025 އަދި 2026 ވަނަ އަހަރުގެ ތެރޭގައި ދައުލަތަށް ވަރަށް ބޮޑު ދެ ލޯނު ދައްކަން ޖެހޭނެކަމަށާއި، އަދި ކުރިއަށް އޮތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައި ހުރި މަޝްރޫއުތައް ހިންގުމަށްޓަކައި، ވަރަށް ގިނަ ފައިސާ ބޭނުންވާނެ ދުވަސްވަރެއްކަމަށެވެ.

ޕީއެންސީއިން ވެރިކަމާއި ހަވާލުވީއިރު، ނިމިދިޔަ ފަސް އަހަރު ކަންތައް ކޮށްފައިވާ ގޮތުން ދައުލަތް އޮތީ ވަރަށް ނިކަމެތި ހާލުގައިކަމަށް ފާހަގަކޮށް، ފަލާހު ވިދާޅުވީ ކުރީ ސަރުކާރުގެ ވާހަކަ ދައްކަން ޖެހެނީ ކުރިއަށް ހުރި ވާހަކަތަަކަކީ އެވާހަކަތަކާއި ނުލައި، ފުރިހަމަ ނުވާނެ ވާހަކަތަކަކަށްވާތީކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވީއިރު، ސަވްރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގައި 250 މިލިއަން ޑޮލަރު ހުރިކަމަށެވެ.

އެ ވެރިކަން ނިމުމުން، ޕީއެންސީއިން ވެރިކަމާއި ހަވާލުވެ ބެލި އިރު އެ ފަންޑުގައި ބާކީ ހުރީ 2 މިލިއަން ޑޮލަރުކަމަށް ފަލާހު ވިދާޅުވިއެވެ.

250 މިލިއަން ޑޮލަރު ހުރި ސަވްރިން ޑިވެލޮޕްމެންޓް ފަންޑުގައި ވެރިކަމެއް ނިންމާފައި ފައިބާވަޑައިގަންނަވައިގެން ދިޔައިރު، ހުރީ 2 މިލިއަން ޑޮލަރު. ދައުލަތުގެ އެކި އެކި ކުންފުނިތައް ހުރީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި، ރާއްޖޭގެ އެކި އެކި ކޮންސްޓްރަކްޝަން ކުންފުނިތަކުން ކުރި މަސައްކަތްތަކަށް ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާ ހުރީ އެތެރޭގެ ދަރަނިތައް ނުދީ.

ފަލާހު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން އެތެރޭގެ ދަރަނީގެ ގޮތުގައިވެސް 9 ބިލިއަނަށްވުރެ ބޮޑު ދަރަންނެއް އުފައްދާފައިވާކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމަކަށްފަހު އެމްޑީޕީއިން ވަޑައިގެންނެވިއިރު، އާމްދަނީ އިތުރުކުރެވޭނެ މަގު ފަހި ކުރުމަށްޓަކައި ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތްކަމަށެވެ.

ވެރިކަން ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީއިން އެތައް މަސައްކަތެއް ކުރިއިރުވެސް، ވެރިކަން ކާމިޔާބު ނުކުރެވުނީ އެމްޑީޕީއަށް ވަރަށް ނުބައިކޮށް ވެރިކަން ކުރެވުނީމައިކަން އެ ޕާޓީއިން ގަބޫލު ކުރަން ޖެހޭނެކަމަށް ފަލާހު ވިދާޅުވިއެވެ.

ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމުމުން ހިތް ހަމަ ނުޖެހޭ ވިޔަފާރިވެރިންތަކެއް ތިބެދާނެކަމަށާއި، ނަމަވެސް ވެރިއެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭތީ މި ބަދަލުތައްވެސް ގެންނަން ޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކޮށްދެއްވަމުން ގެންދަވަނީ ތާރީހުގައި ފެވިގެންދާނެފަދަ ބުރަ އަދި ނާތީޖާ ނެރެވޭނެ މަސައްކަތްތަކެއްކަމަށް ފަލާހު ވިދާޅުވިއެވެ. މި ހަގީގަތް އޮޅުވާލުމަށް އެމްޑީޕީއިން ދައްކަމުންދާ ދޮގު ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރެއްވުމަށް ފަލާހު އެދިވަޑައިގެންނެވިއެވެ. ރައީސް މުއިއްޒަކީ ދެވަނަ ދައުރެއް ކާމިޔާބު ކުރާނެ ފުރަތަމަ ވެރިޔާކަމަށް ފާހަގަކޮށް ފަލާހު ވިދާޅުވީ ރައީސް މުއިއްޒަށް އޮތް ތާއީދު އިންތިހާބުތަކުން ފެންނަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: