ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަނުކޮށް ޓެކްސް އިތުރުކޮށްގެން ރާހަތެއް ނުކުރާނެ: ސިޔާމް

އަހުމަދު ސިޔާމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރަދުތައް ކުޑަ ނުކޮށް ކިތަންމެ ވަރަކަށް ޓެކްސް އިތުރުކުރިނަމަވެސް އެކަމުން ރާހަތެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ސިޔާމް ވަނީ ގްރީން ޓެކްސް އިތުރުކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޓެކްސް އިތުރު ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދުނިޔޭގެ ކުރިއަރަމުންދާ އިގްތިސާދުތަކާ އެއް މިންގަނޑަކަށް ޓެކްސް ނެގުން މުހިންމު ކަމަށެވެ.

ސިޔާމް ވިދާޅުވި ގޮތުގައި، މިހާރުވެސް ރާއްޖޭގެ ޓެކްސް ވަރަށް ބޮޑެވެ. ސިންގަޕޫރާއި ޑުބާއީ ފަދަ ކުރިއަރާފައިވާ ގައުމުތަކަށްވުރެވެސް ރާއްޖޭގައި އެ އަދަދުތައް މަތިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޑުބާއީގައި ޖީއެސްޓީގެ ގޮތުގައި ނަގަނީ 7 އިންސައްތައާއި 9 އިންސައްތައާ ދެމެދުގެ އަދަދެކެވެ. އަދި ސިންގަޕޫރުގައި ނަގަނީ 8 އިންސައްތަ އަދި އެންމެ މަތިންވެސް 9 އިންސައްތައެވެ.

ސިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޓެކްސްގެ އަދަދުތައް ބޮޑުކުރަމުން ގޮސްފި ހާލަތެއްގައި އިގްތިސާދު ހަލާކުވެދާނެއެވެ. އަދި ރާއްޖެ އިގްތިސާދީ ގޮތުން ނިކަމެތިވެގެންދިއުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޓެކްސްގެ ގޮތުގައި އަހަރެއްގެ މައްޗަށް 5 ބިލިއަން ޑޮލަރު ލިބޭ ކަމަށް ވީނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި ފެނިގެންދިޔައީ ބުރަ މަސައްކަތްކުރާ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިތުރުކުރަމުންދާ މަންޒަރެވެ. އަދި މިހާރު ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ މަތިން ޓެކްސް ނަގާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނިންމާލަމުން ސިޔާމް ވިދާޅުވީ، އަހަރެއްގެ މައްޗަށް 5 ބިލިއަން ލިބޭނަމަ އޭގެން 2 ބިލިއަން ކަނޑަށް އަޅާލާ ކަމަށާއި، އެގޮތުގެ މަތިން އަމަލުކުރަމުންދާނަމަ ޓެކްސްގެ އަދަދުތައް ސަތޭކަ ގުނަ މަތި ކުރިޔަސް ނުވަތަ އެއްހާސް ގުނަ އިތުރު ކުރިޔަސް އެކަމުން ކުރާނެ ރާހަތެއް ނޯންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: