ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުވީ ރައްޔިތުން އަތުން ނަގާ ޓެކްސް އިތުރުނުކުރަން: އަސަދުﷲ

އަސަދުﷲ ޝިހާބު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވައުދުވީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ނުކުރުމަށްކަމަށާއި މަސައްކަތްތައް ކުރެވެމުންދަނީ އެ މަގުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގއ. ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓެކްސް ބޮޑުކުރުމުގެ މަަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައި އަސަދުﷲ ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެމްޑީޕީއިން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެކަމަށާއި އެ މަގުސަދު ހާސިލުކުރުމަށްޓަކައި މާނަ އޮޅޭ މޭރުމަކުން ވެސް ވީޑިއޯތައް އާންމު ކުރުމަށް އަންގަފާނެކަން މިއަދު ސާފުވާކަމަށެވެ.

އަސަދުﷲ ވިދާޅުވީ، އާދައިގެ ދިވެހި ރައްޔިތުން ބިޒްނަސް ކްލާހުން ދަތުރުކުރާ މަންޒަރު ފެނިވަޑައިނުގަންނަވާކަމަށާއި އެހެންކަމުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ރައްޔިތުންނަށް ބިޒްނަސް ކްލާހުން ދަތުރު ނުކުރެވޭ މިންގަނޑަށް އަގު މަތިކޮށްފައިވާކަމަށް ބުނުމުން އެއީ އެ ޕާޓީއިން ދައްކަމުންދާ ސިލްސިލާ ވާހަކަތަކުން ބައެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، އެއަރޕޯޓު ޑިވެލޮޕްމެންޓުން ލިބޭ ފައިސާއިން ދިވެހިންގެ އެއަޕޯޓު ތަރައްގީކުރެވިގެންދިއުމުން އެކަމުން ލިބޭނެ މަންފާތަކުގެ ވާހަކަތައް އެމްޑީޕީއިން ނުދައްކާ ސަބަބާއިމެދު ސުވާލު އުފެދޭކަމަށެވެ. އަދި ވިދާޅުވީ، ރަައީސް މުއިއްޒުގެ ސަރުކާރުން ވައުދުވީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ނުކުރުމަށްކަމަށާއި މަސައްކަތްތައް ކުރެވެމުން ދަނީ އެ މަގުންކަމަށެވެ.

އޭނާ ވިދާޅުވީ، ޕީއެންސީ ވެރިކަމާއި ހަވާލުވީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީއިން ކައިކައި ހުސްކޮށްލާފައިވާ ދިވެހި ހަޒާނާއަށް ފައިސާ ވެއްދުމަށް ވައުދުވެގެންކަމަށާއި އެ މަސައްކަތްތައް ކާޔާބުކުރަމުންދާއިރު ރައްޔިތުންގެ ހައްގުގައި ތިބި ބަޔަކު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަސަދުﷲ ވިދާޅުވީ، އެއަރޕޯޓުން ފުރާ ބިދޭސީއިން ފީ ނަގަނީ އެއަރޕޯޓު ހެދުމަށާއި އެސްޑީއެފްއަށް ފައިސާ އިތުރުކުރުމަށްކަމަށެވެ. އަދި އެއްގޮތަކަށްވެސް އެއީ ޕާޓީގެ މަސައްކަތްތެރިންނަށް ބަހާލުމަށް ހޯދާ ފައިސާ ނޫންކަމަށާއި ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެއަރޕޯޓުތައް ތަރައްގީކޮށްފައިވަނީ ޑިވެލޮޕްމެންޓު ފީ ނަގައިގެންކަމަށެވެ.

އަސަދުﷲ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންވަނީ މަޖިލީހުގައި ދެއްކެވި ވާހަކަތަކުގެ ތެރެއިން ސަރުކާރުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލާފައިވާކަމަށް ސިފަކޮށްފައިކަމަށެވެ. އެހެންނަމަވެސް އެއީ ކަނޑެއެޅިގެން ދޮގު ވާޙަކަތަކެއްކަމަށާއި އެ ވިޔަފާރިތައް އިނދަޖައްސާލީ އެމްޑީޕީގެ ސަރުކާރުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: