ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކޮޕް29“ ގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ: ތޯރިގް

ކޮޕް 28 ގެ އިވެންޓުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ބޭއްވާ ”ކޮޕް29“ ކްލައިމެޓް ސަމިޓުގައި ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި، ރާއްޖެއިން 4 ސައިޑް އިވެންޓް އިންތިޒާމުކުރާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ތޯރިގް ވިދާޅުވީ، މިއަހަރުގެ ކޮޕް ސަމިޓުގައިޓުގައި ރާއްޖެއިން ގިނަ ސައިޑް އިވެންޓުތަކެއް އިންތިޒާމުކުރާނެ ކަމަށެވެ. މި އިވެންޓުތަކުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ (އޭޑީބީ) ގުޅިގެން އިއާދަކުރަނިވި ހަކަތައާ ގުޅޭ އިވެންޓެއް އަދި ކޮޕްގެ އެޓޯލްސް ނޭޝަންގެ ޗެއަރގެ ހައިސިއްޔަތުން ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ”ސަސްޓެއިނަބަލް ކޮރަލް ރީފް މެނޭޖްމަންޓް“ ސައިޑް އިވެންޓެއް ހިމެނެއެވެ.

މީގެއިތުރުން، ކުދި ޖަޒީރާ ޤައުމުތަކުގެ ކްލައިމެޓް އެޑަޕްޓޭޝަން މިނިސްޓީރިއަލް ޗެމްޕިއަނެއްގެ ގޮތުގައި ހަރަކާތެއް އިންތިޒާމުކުރާނެ ކަމަށާއި، ލޮސް އެންޑް ޑެމޭޖް ފަންޑަށް ފައިސާ ހޯދުމަށް ވަކާލާތުކުރާނެ ކަމަށްވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބައި-އެނުއަލް ޓްރާންސްޕޭރެންސީ ރިޕޯޓް ލޯންޗްކުރާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

”މިއަހަރު ވެގެންދާނީ ކޮޕްގައި ރާއްޖެއިން އެންމެ ގިނަ ސައިޑް އިވެންޓް ބާއްވާ ކޮންފަރެންސަށް,“ މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

ކޮޕް އިވެންޓަށް ދިއުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރައްވަމުން، ތިމާވެށްޓާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން ރާއްޖޭގެ ޒުވާނުންގެ ޚިޔާލު ހޯދުމަށް އިވެންޓެއް ބާއްވާފައިވާ ކަމަށްވެސް މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

މިއަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން މި ފަދަ މުހިންމު ދައުރެއް އަދާކުރުމަކީ، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: