ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަ އައު މަރުހަލާއަކަށް ގޮސްފި: ހިޒްބުﷲ ޖަމާއަތް

ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ސިފައިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލާއި ދެމެދު ކުރަމުންދާ ހަނގުރާމަ އިތުރު މަރުހަލާއަކަށް ގޮސްފައިވާކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އިސްރާއީލުގެ ދެމެދު ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެ އައު ފިޔަވެއްސަކަށް ގޮސްފައިވާކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފައިވަނީ ހަމާސްގެ އެންމެ އިސް އެއް ލީޑަރުކަމަށްވާ ޔަހްޔާ ސިންވާރު ޝަހީދުކޮށްލުމާއި ގުޅިގެންނެވެ. ހަމާސްއިންވެސް ވަނީ ސިންވާރު ނިޔާވެފައިވުން ކަށަވަރުކޮށްދީ، އޭނާއަކީ ޝަހީދެއްކަމަށް ސިފަކޮށްފައެވެ. ޔަހްޔާ ސިންވާރްއަކީ މި ފަހުން އިސްރާއީލާއި ދެކޮޅަށް ކުރެވިފައިވާ ވަރުގަދަ މަސައްކަތްތަކުގެ ވިސްނުމުގެ ފަހަތުގައިވާ އެންމެ އިސް އެއް ޝަހުސިއްޔަތުކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ.

ބައެއް ނޫސްތަކުން ބުނާގޮތުން ސިންވާރުގެ މަރާއިއެކު މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމަކާއި ހިސާބަށް ގެނައުމުގެ މަގުފަހިވެގެންދާނެކަމަށް އިސްރާއީލުގެ ބައިވެރިންނާއި، ޣައްޒާގައި ތިބި ބައެއް ރައްޔިތުންވެސް ދެކޭކަމަށެވެ. އެހެންނަމަވެސް އެއީ ޣައްޒާއަށް ވެރިވެގެންތިބި އިސްރާއީލުގެ ރައްޔިތުންކަމެއް ނުވަތަ ފަލަސްތީނުގެ ރައްޔިތުންކަމެއް މި ދައުވާ ކުރާ ނޫސްތަކުން ހިއްސާކޮށްފައިނުވެއެވެ. އެހެންނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫވަނީ ހަނގުރާމަ ނުނިމޭކަން މީޑިއާތަކަށް ދިން އިންޓަރވިއުއެއްގައި ހާމަކޮށްފައެވެ.

އދގެ ކަމާއި ބެހޭ މާހިރުން ބުނާގޮތުން އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަމަލާއަށްފަހު ޣައްޒާއަށްވަނީ މިހާތަނަށް ލިބިފައިނުވާ މިންގަނޑަށް ގެއްލުންތައް ލިބިފައެވެ.  އދގެ މިނިވަން އިންވެސްޓިގޭޓަރު ރާޖަގޯޕާލް ބާލަކްރިޝްނަން ވިދާޅުވީ، ޣައްޒާގައި ދެމުންދާ ފަދަ ވަރުގަދަ ހަމަލާތަކެއް ސީރިޔާގައި މީގެ ކުރިން ކުރެވުނު ހަނގުރާމައިގެ އިތުރުން ޔޫކްރެއިން ހަނގުރާމައިގައިވެސް ފެނިފައިނުވާކަމަށެވެ.

އޭނާ ވިދާޅުވީ، 2024ގެ ޖެނުއަރީ މަހުގެ ނިޔަލަށް ޣައްޒާގައި ތިބި 70 އިންސައްތަ ގެތައް ސުންނާފަތިވެފައިވާކަމަށާއި ހަމައެކަނި އުތުރަށް ބަލާނަމަ 82 އިންސައްތަ ހަލާކުވެފައިވާކަމަށެވެ. އަދި މިހާރު އޭރަށްވުރެ އިންތިހާއަށް ހާލަތު ގޯސްކަމަށެވެ. އޭނާ ވިދާޅުވީ، އުތުރު ސަރަހައްދުތަކުގައި 100 އިންސައްތައާއި ހިސާބަށް ދިއުން ގާތްވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: