ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމަ ފެށުނީ ޒެލެންސްކީގެ ސަބަބުން: ޓްްރަމްޕު

ޓްރަމްޕު އަދި ޕުޓިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިން އާއި ރަޝިއާގެ ދެމެދު ހަނގުރާމައެއް ފެށިގެންދިޔައީ އެ ގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ސަބަބުންކަމަށް އެމެރިކާގެ ރައީސްކަމަށް ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުންވަނީ ރިޔާސީ ކެމްޕެއިންގެ ތެރެއިން ޓްރަމްޕު، ޔޫކްރެއިންގެ ރައީސް ޒެލެންސްކީއަށް ފާޑުވިދާޅުވިކަން ފާހަގަކޮށްފައެވެ. އެގޮތުން ރަޝިއާ ދެމެދު ހަނގުރާމައެއް ފެށި ޔޫކްރެއިންއަށް ގެއްލުންތަކެއް ލިބިގެންގޮސްފައިވަނީ ޒެލެންސްކީގެ ސަބަބުންކަމަށް ޓްރަމްޕު ވިދާޅުވިއެވެ. ނޫސްތަކުން ބުނާގޮތުން ޓްރަމްޕު ވެރިކަމަށް އައިސްފި ހާލަތެއްގައި ރަޝިއާ އާއި ބަދަހި ސިޔާސަތުތަކެއް ގެންގުޅުއްވާނެކަމަށް ބެލެވޭކަމަށެވެ.

ޓްރަމްޕު ވިދާޅުވީ، ޒެލެންސްކީއަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ގާބިލު ސޭލްސްމަން ކަމަށެވެ. އޭނާ މި ފާޑުކިޔުންތައް އަމާޒުކުރެއްވީ އެ ގައުމަށް އެހީގެ ގޮތުގައި ނޭޓޯގެ އެކި ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއް ހޯދާފައިވާކަން ފާހަގަކުރައްވަމުންނެވެ. އަދި އޭނާވަނީ ރަޝިއާގެ ދެމެދު ސުލްހަ ދެމެހެއްޓުމުގައި ފެއިލްވެފައިވާކަމަށްވެސް ވިދާޅުވެފައިކަމަށްވާއިރު ދެން ސުލްހަ ގާއިމުކުރެވިގެންދާއިރު ޔޫކްރެއިންގެ ބައެއް ބިންތައް ރަޝިއާއަށް ދޫކޮށްލަން ޖެހުން އެކަށީގެންވާކަމަށެވެ.

މިއީ މީގެ ކުރިން ޓްރަމްޕު ދުވަހަކުވެސް ފާޑުކިޔާފައިނުވާ މިންގަނޑެއްކަން ނޫސްވެރިން ބުނާއިރު ޓްރަމްޕުވަނީ ހަނގުރާމަ ހުއްޓުވާލުމުގައި ފެއިލްވުމުގެ އިތުރުން ހަނގުރާމަ ފެށުމުގައިވެސް ބޮޑެތި އިހުމާލުތައް ވެފައިވުން ފާހަގަކޮށްފައެވެ. އެހެންނަމަވެސް އޭގެ މާނައަކީ ޔޫކްރެއިންއަށް އެހީތެރިނުވުން ނޫންކަމަށާއި އެގައުމުގެ ރައްޔިތުންނާއިމެދު ހަމްދަރުދީ ވާހަކަމަށް ހިއްސާކުރެއްވިއިިރު އޭނާވަނީ ޒެލެންސްކީ މި ހަނގުރާމަ ފެށިޔަ ދީގެން ނުވާނެކަން ތަކުރާރުކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: