ރަޝިއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި އެ ގައުމުގެ މައްޗަށް ކާމިޔާބު ހޯދުމަށްޓަކައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހުށައެޅުއްވި މާސްޓާ ޕްލޭންގެ މުހިންމު ނުކުތާތަކަކަށް ޖަރުމަނުވިލާތުން ދެކޮޅު ހަދައިފިއެވެ.
ނޫސްތަކުން ބުނާގޮތުން ޖަރުމަރުވިލާތުން ޔޫކްރެއިންގެ ވިކްޓަރީ ޕްލޭންގެ ބައެއް ކަންކަމަށް ދެކޮޅު ހަދާކަން ހާމަކުރެއްވީ އެ ގައުމުގެ ޗާންސެލަރ އޯލާފް ޝޯލްސްއެވެ. އޭނާ ދެކޮޅު ހެއްދެވީ ދުރަށް ހަމަލާ ދިނުމުގެ ގާބިލުކަން ހުރި ހަތިޔާރު ފޯރުކޮށްދިނުމާއިމެދުކަން ފާހަގަކުރެއެވެ.
ޝޯލްޒް ވިދާޅުވީ، އަހަަމިއްޔަތުކަން ދޭންވީ ރަޝިއާއިން ޔޫކްރެއިން އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ރަޝިއާ އަދި ނޭޓޯގެ ދެމެދުގެ މައްސަލައަކަށް ނެހުދުމަށްކަމަށާއި އެގައުމުން ލޯންގް ރޭންޖް ޓޯރަސް މިސައިލުތައް ރަޝިއާއާއި ދެކޮޅަށް ބޭނުން ކުރުމާއިމެދު ގެންގުޅޭ ވިސްނުން ބަދަލުނުކުރާނެކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ތަކެތި ފޯރުކޮށްދިނުމަކީ ރަނގަޅު ފިޔަވަޅެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި އެ ނިންމެވުން ދަމަހައްޓަވާނެކަމަށެވެ.
ކުއްލި ގޮތަކަށް ޔޫކްރެއިން ނޭޓޯއަށް ގެނައުމަށްޓަކައި ދަައުވަތު ދިނުމަށްވެސް ޝޯލްޒް ހުރަސްއަޅުއްވާނެކަމަށް ބެލެވޭކަމަށް ނޫސްތަކުން ބުނެއެވެ. އެގޮތުން މި ފަހުން ބޭއްވި ބައްދަލުވުމަކަށް މި ފަހުން ޔޫކްރެއިންއަށް ދައުވަތު ދީފައިނުވާކަމަށާއި ސަބަބަކީ އެމެރިކާ އަދި އެ ގައުމުން ދެކޮޅު ހެދުންކަމަށެވެ.
ނޭޓޯގެ އެއްބަސްވުން ބުނާގޮތުން ނޭޓޯއާއި ގުޅުމަށް ދައުވަތު ދެވޭނީ ހުރިހާ މެމްބަރުން އެއްބަސްވުމަށްފަހު މެމްބަރޝިޕުގެ ޝަރުތުތައްވެސް ފުރިހަމަވުމުްނނެވެ. އޭގެ ތެރޭގައި ޑިމޮކްރެސީގެ އިތުރުން އިގްތިސާދާއި ސަލާމަތީ ކަންކަމާއި ގުޅުން ހުރިި ޝަރުތުތައްވެސް ހިމެނެއެވެ.

