ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެޓް ޝެލްޓާއަކީ މޭޔަރުކަމުގައި ހުންނެވިއިރު ރައީސް ފެއްޓެވި މަސައްކަތެއް: ނަރީޝް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް--- ފޮޓޯ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތްތައް ފެއްޓެވީ މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ރައީސް ޑރ މުހައްމަދު މުއިއްޒުކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ބުޅާ ގިނަވެ އެކަމުގެ ސަބަބުން އެކި މައްސަލަތައް އިތުރުވަމުންދިއުމާއި ގުޅިގެން އެކަން ހައްލުކުުރުމަށްޓަކައި ކެޓް ޝެލްޓާރ ބިނާކުރުމުގެ މަސައްކަތްތައް ނިންމާލެވިފައިވާއިރު، ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ އެކަމުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ނަރީޝް ވިދާޅުވީ، އެކި ސަރުކާރުތަކުން ބުޅަލުގެ މައްސަލައިގެ ވާހަކަ ދައްކަމުން އައިސްފައިވީ ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ އަމަލީ މަސައްކަތްތައް ފެއްޓެވީ ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެންކަމަށެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ އެއްކޮށް ހައްލުކުރުމަށްޓަކައި ކުރަމުން އައި މަސައްކަތްތައް ހުއްޓުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިން ދޫނުކޮށް ހިފެހެއްޓުމުން ކަމަށެވެ. އެހެންނަމަވެސް ރައީސްކަމަށް އިންތިހާބުވުމާއިއެކު ފުރަތަމަ އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއަރ މެނިސްޓްރީ މެދުވެރިކޮށް މާލެ ސިޓީ ކައުންސިލުގެ އެހީތެރިކަމާއިއެކު އެ މަސައްކަތްތައް ކުރައްވާފައިކަމަށާއި މިހާރު ސަރުކާރުން ހުޅުމާލޭގައި ފަހިކޮށްދިން ބިމުގައި ކެޓް ޝެލްޓާ ބިނާކޮށް ނިމި ނޮވެމްބަރު މަހުގެ ކުރީ ކޮޅު އެތަން ހުޅުވަށް ތައްޔާރުވެފައިވާކަމަށެވެ.

ނަރީޝް ވިދާޅުވީ، ކެޓް ޝެލްޓާރގެ މަސައްކަތްތަކަކީ ސީދާ ރައީސްގެ އިރުޝާދުގެ ދަށުން އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީ ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެއްކަމަށާއި ސަރުކާރުން އެދުނު ގޮތަށް އެ މަސައްކަތްތައްކޮށް ދިނީ ސިޓީ ކައުންސިލުންކަމަށެވެ. އެހެންކަމުން މާލެ ސަރަހައްދުގެ ރައްޔިތުންގެ މި ކަންބޮޑުވުމަށް ރައީސް ގެނެސްދެއްވި އަވަސް ހައްލަ ޝުކުރު ހައްގުކަމަށް ނަރީޝް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: