ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަަހަރު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ!

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރަށް ވެސް ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދަޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރުއާއި، ބަންޑާރަ ނައިބު އުޝާމް މައުލޫމާތު ދެއްވާފައި ވަނީ ދައުލަތުގެ ބަޖެޓުން ދެ ބިލިއަން ރުފިޔާ ހަރަދުތައް އެ ރެކޯޑުގައި ހިމަނާފައި ނެތް މައްސަލައާއި ގުޅޭގޮތުންނެވެ. ކުރީ ސަރުކާރުން ބަޖެޓުން ބޭރުން ބޮޑެތި ހަރަދުތައް ކުރުމަށް ފަހު، ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނަމުން ގޮސްފައިވާކަން ވެސް މައްސަލައިގައި ހޯދިފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.

މިއީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ކުރިޔަށް ދާނެ ވަގުތެއްކަމަށްވުމާއި އެކު، އެ މައުލޫމާތުތައް ދެއްވަމުން ޒަމީރު ވަނީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ވާހަކަ ވެސް ދައްކަވާފަ އެވެ. ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭތީ އެ މަސައްކަތް ކުރަމުންދާކަމަށާއި، އެ އަދަދު 05 ބިލިއަނުގައި ހިފެހެއްޓޭނެކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު ސަޕްލިމެންޓްރީ ބެޖެޓު ހުށަހަޅާނެ ސީދާ ވަކި އަދަދެއް ޒަމީރު ވިދާޅެއް ނުވެއެވެ.

ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅައި.. ނިންމާނީ ކެބިނެޓުގެ ވެސް އަދި އިތުރު ލަފާ ހޯދައިގެން… އަދި ރައީސުލްޖުމްހޫރިއްޔާގެ ވެސް ލަފަޔާއި އެކު… އަދި ހަމަ އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑުމެންނަށް ލިބުނީމަ.. އެކަމަކު ހުށަހަޅާނަން،

ބަޖެޓުގެ އަދަދާއި މެދު ގޮތެއް އަދި ނުނިންމި ނަމަވެސް، ޒަމީރު ވިދާޅުވި ގޮތުގައި ވަޒީރުންގެ މަޖިލީހުގައި އެކަމަށް މަޝްވަރާކޮށް ރުހުން ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ލަފާއާއި އެކު ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާނެ އެވެ. އެ ބަޖެޓު ހުށަހަޅާނެކަމަށް ބެލެވެނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާރު އެއްކުރަމުން ދާ މައުލޫމާތުތަކުގެ މައްޗަށް ތައްޔާރު ކުރާ ރިޕޯޓަށް ފަހުކަމަށް ޒަމީރު ވިދާޅުވި އެވެ.

ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ އަހަރު ނިމެންވާއިރަށް 10 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން މި އަހަރުގެ މޭއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެވައިވާކަން ”ސަންގު“ އިން ފާހަގަކުރުމުން ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓު 10 ބިލިއަނަށް ނާރާނެކަމަށާއި އޭރުގެ ހާލަތާއި މިހާރުގެ ހާލަތު ތަފާތު ކަމަށެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އަދި ހަރަދުތައް ކުޑަ ނުކުރާނަމަ މި އަހަރުގެ ބަޖެޓު 28 ބިލިއަނާއި ގާތް ކުރާނެ އެވެ. އެކަމަށް ވެސް ކުރި ސުވާލުގައި ޒަމީރު ވިދާޅުވީ ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ބަޖެޓުގެ ބޮޑު ސްޕްލިމެންޓެއް ނާންނާނެ ކަމަށެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފައި ގޮތުގައި، އޭރު ކުރަމުންދިޔަ ގޮތަށް ހަރަދުތައް ކުރާނަމަ، މި އަހަރުގެ ބަޖެޓު 58 ބިލިއަން ރުފިޔާއާ ގާތްކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: