ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ-ޗައިނާ ގުޅުން ދައްކުވައިދޭ ސިނަމާލެ ބްރިޖު ޕާކު ހުޅުވައިފި

ސިނަމާލެ ބްރިޖު މޮނިއުމަންޓް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ޗައިނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ދައްކުވައިދޭ ސިނަމާލެ ބްރިޖު ޕާކު ހުޅުވައިފި އެވެ.

ބްރިޖު މޮނިއުމަންޓް ޕާކު ހުޅުވާދެއްވާފައި ވަނީ އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުއާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގްލީ އެވެ.

މޮނިއުމަންޓާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީ ބުނެފައި ވަނީ ބްރިޖު ޕާކަކީ ޗައިނާއާއި ރާއްޖެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

ބްރިޖު ޕާކުގައި މަޝްރޫއު ކުރިޔަށް ދިޔަ ގޮތުގެ ތަފްސީލުތަކާއި،އެ މަސައްކަތް ފެންނަ ފޮޓޯތައް ބަހައްޓާފައި ވެއެވެ.

ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: