ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިސާބުތައް ނުބަލަހައްޓާ ވާހަކައަކީ، ސަޕްލިމެންޓްރީ ބެޖެޓު ހުށަހަޅަން ދެއްކި ބަހަނާއެއް: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އެމްޑީޕީއަށް ތުހުމަތުތައް ކުރީ، ސަޕްލިމަންޓްރީ ބަޖެޓު ހުށައެޅުމަށް އޮޅުވާލުމަށްކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރެވި، ރައީސް އޮފީހުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުއާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ބައިވެރިވެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މައްސަލައިގެ ބައެއް ތަފްސީލުތައް ހިއްސާކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށް، ފިނޭންސް މިނިސްޓްރީގައި ރެކޯޑު ނުކޮށް ހުރި ދެ ބިލިއަން ރުފިޔާ ފާހަގަކުރެވި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވަނީ، ކުރީ ސަރުކާރުން ދައުލަތުގެ ހަރަދުތައް ބެލެހެއްޓި ގޮތުގެ މައްޗަށް ފާޑުވިދާޅުވެފަ އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ އޮޅުވާނުލީ ނަމަވެސް ސަޕްލެމެންޓަރީ ބަޖެޓު ހުށަހެޅިދާނެކަމަށެވެ. މި ސަރުކާރަށް އަހަރު ވެގެންދާއިރު ހިންގުނު އެއްވެސް ތަރައްޤީގެ މަޝްރޫއެއް ނެތްކަމަށް އަމީރު ވިދާޅުވިއެވެ.

އިޤްތިސާދީ ގިނަ ހަރަކާތްތައް މިހާރު ވަނީ ހުއްޓިފައިކަމަށް ވިދާޅުވެ، އަމީރު ފާހަގަކުރެއްވި ގޮތުގައި ރަށް ރަށުގެ އިޤްްތިސާދުތައްވެސް ވަނީ ހުއްޓިފައެވެ. އަދި މަސްވެރިންވެސް ވަނީ ބިކަވެފައެވެ.

ސަރުކާރުން ތަފާސް ހިސާބުތައް ޝާއިއު ނުކުރަނީ، އެއްވެސް މަޝްރޫއެއް ނުހިނގާ އިރުވެސް، ބަޖެޓުގެ ޚަރަދު ބޮޑުވެ، އިސްރާފުތައް ގިނަވެ، އަސްލު ހަޤީޤަތް އޮޅުވާލުމަށްކަމަށް އަމީރު ވިދާޅުވިއެވެ. 49.9 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވިއިރު، ހާލަތައް ހެޔޮ ބަދަލެއް އައީ ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ހާހުން ތިބި މީހުންނާއި ކުންފުނި ތަކުގައި ތިބި އެކްޓިވިސްޓުންނަށް އެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތަފާސް ހިސާޞުތައް ޝާއިއުނުކުރާޓާ އެތައް ދުވަހެއްވެގެންދިޔައިރު، ބަލަން ޖެހޭކަމެއް ހުރި ނަމަ އެކަމެއް ބެލުމަށްފަހު، ތަފާސް ހިސާބުތައް ހާމަ ކުރާހާ ދުވަސް ވެއްޖެކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: