ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރި ދޯންޏެއް ދައުލަތަށް ނަގާ، ޖޫރިމަނާކޮށްފި

ސިވިލް ކޯޓު.
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގާ، އެ އުޅަނދުގެ ވެރިފަރާތުގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ  ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ ސްރީ ލަންކާގެ އުޅަނދެކެވެ. މި އުޅަނދުގެ ނަމަކީ ”ޕުޝްޕާ ކުމަރަ“ އެވެ. ގަވާއިދާއި ހިލާފަށް މި އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ، ޖޫރިމަނާ ކޮށްފައިވަނީ 400،000 ރުފިޔާއިންނެވެ. ޖޫރިމަނާ ކުރީ ބޯޓުގެ ވެރި ފަރާތްތަކަމަށްވާ ތަމަންތާ ރުކުމަލް ޕެރޭރާއެވެ.

ފައިސާ ހޯދުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އުޅަނދުގެ ވެރި ފަރާތުގެ ޣައިރު ހާޒިރުގައެވެ. މި ހުކުމުގައި އޭނާގެ މައްޗަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއްކަމަށް ވަނީ ކަނޑައަޅާފައެވެ، ފައިސާ ދެއްކުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: