ޙައްޖާއި ޢުމްރާގެ ޙިދުމަތްދޭ ކުންފުނިތަކަށް ބާއްވާ ފުރަތަމަ ޙައްޖު ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ކޮންފަރެންސް މަޤުޞަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޙައްޖާއި ޢުމްރާގެ ޙިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުންކަމަށް އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
މިއީ ޙައްޖާ ޢުމްރާގެ ނިޒާމު ހަރުދަނާކުރުމަށް ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކޮންފަރެންސްއެއްކަން ފާހަގަކޮށްލެވެއެވެ.
އިސްލާމިކް މިނިސްޓްރީއިން އަންނަނީ ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް ޢަމާޒުކޮށްގެން މަހާސިންތާތަކެއް ބާއްވަމުންނެވެ. އެގޮތުން މިނިސްޓްރީއިން ވަނީ މިހާތަނަށް ޢިލްމުވެރިންގެ މަހާސިންތާ, ޖަމްޢިއްޔާ މަހާސިންތާ, ޢިމާމުންގެ މަހާސިންތާ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިކަން މިނިސްޓްރީގެ ފަރާތުން ފާހަގަކުރެއެވެ.

