ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކުއްލި މައްސަލަ ބަލައިނުގަނެ، ސަރުކާރު މަސައްކަތް ކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލު އަޙުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރުން ހުށަހަޅާ ކުއްލި މައްސަލަ މިހާރު މަޖިލިހުން ބަލައި ނުގަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އިޒްރޭލު ޕާސްޕޯސްޓް ރާއްްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ނިންމައިފައެވެ. އަދި އިޒްރޭލު ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް އެމްޑީޕީން ރައްޔިތުން މަޖިލިހަށް ވަނީ ހުށަހަޅައިފައެވެ. މެއި މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުނު މި އިސްލާހު މިހާރު ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. އަދި ޖުމްލަ 88 މެންބަރުންގެ ވޯޓާއެކު މި މައްސަލަ 241 ކޮމިޓީއަށް ފޮނުވިތާ މިހާރު ވަނީ 6 މަސް ފާއިތުވެފައެވެ.

މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ކަންބޮޑުވުންފާޅުކޮށް މީކާއީލް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ހުށަހަޅާ ކުއްލި މައްސަލަ މިހާރު މަޖިލިހުން ބަލައި ނުގަންނަ ކަމަށެވެ. އެހެންކަމުން ޕީއެންސީން މަސައްކަތް ކުރައްވަމުންދަނީ މައިނޯރިޓީގެ އަޑު އެއްކޮށް ކަނޑުވާލަން ކަމަށް މެމްބަރ ވިދާޅުވިއެވެ.

“ މަޖިލިހަށް ހުށަހެޅޭ ބިލެއް ބަލައިގަނެވޭ ކަމަކަށް ނުވޭ، މައްސަލައެއްވެސް ބަލައިގަނެވޭ ކަމަކަށް ނުވޭ، މައިނޯރިޓީގެ އަޑު އެއްކޮށްހެން ކަނޑުވާލަން ޕީއެންސީން މަސައްކަތް ކުރައްވާ މަންޒަރު އަޅުގަނޑުމެންއަށް ފެނިގެން މިދަނީ، އެހެން ނަމަވެސް އަޅުގަނޑުގެ އުންމީދަކީ ރައްޔިތުން މިހާރަށް ވުރެންވެސް ހޭލާ، އަދި މީޑިއާގެ ފަރާތުންވެސް އިތުރަށް، މިކަމުގައި އެބޭފުޅުންނަށް ސުވާލު އުފައްދައި މައްސަލަ ލަސްވަނީ ކީވެތޯ“ މެމްބަރ ވިދާޅުވިއެެވެ.

މީގެ އިތުރުން މެމްބަރ ވިދާޅުވީ، މީގެ ކުރިން ސަރުކާރުގެ މެމްބަރުން ބުނަމުން އައި ރައްޔިތުން މަޖިލިހުގައި ބަހުސް ކުރު ކުރައްވަން ޖެހޭ ސަބަބަކީ ބިލުތަކުގެ މަސައްކަތް އަވަހައި ނިމުމަށް ކަމަށެވެ. އެހެން ނަމަވެސް އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލު ލަސްވެގެންދާ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލުގެ މައްސަލަ ލަސްވާ ސަބަބުތައް މީޑިއާގެ ފަރާތުން އޮޅުން ފިލުވައި ދިނުމަކީ އެ ޕާޓީން އެދޭ ކަމެއް ކަމަށް މެމްބަރ ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: