ދެކުނުގެ ރަށެއްގައި ހިމެނޭ ރަށެއްގެ ސްކޫލެއްގެ ފިރިހެން ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަދައްކާ، ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އޮކްޓޯބަރ 17 ގައެވެ.
ފުލުހުން ބުނީދެކުނު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި ސްކޫލް ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި މައްލަވަކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

