ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނަށް އެހީވުމަށް ކުރިއަށްދިޔަ ޓެލެތޯންއިން ލިބުނު ފައިސާ ހަވާލު ކުރިތޯ ބެލުމަށް ވަޒީރު ހާޒިރުކުރަނީ

ފޮރިން މިނިސްޓަރ އަބްދުﷲ ހަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

”ފަލަސްތީނާއިއެކު ދިވެހިން“ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިއަން ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލު ކުރެއްވިއްޖެތޯ ސުވާލުކުރުމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިނިސްޓަރު ހާޒިރު ކުރުމަށް ނޯޓީސް ފޮނުވާފައިވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މީކާއީލް ނަސީމްއެވެ.

މީކާއީލްގެ ސުވާލުގައި ވަނީ 13 ޖޫން 2024 ގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ”ފަލަސްތީނާއިއެކު ދިވެހިން“ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިއަން ރުފިޔާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލު ކުރެއްވިއްޖެތޯ ސުވާލުކުރުމަށް ބޭނުންވާކަމަށެވެ.

ހަވާލު ނުކުރެވޭނަމަ، މިކަމަށް 4 މަސް ދުވަހަށްވުރެ ގިނަ ދުވަސްވީ ސަބަބު ސާފުކޮށްދިނުމަށާއި، އެ ފައިސާ ފަލަސްތީނަށް ރައްދު ކުރެވޭނެ ތާރީހެއް ސާފުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މިދިޔަ އޮގަސްޓު 20 ގައި ފޮރިން މިނިސްޓްރީން ވަނީ އެ ފައިސާ ފިނޭންސް މިނިސްޓްރީއާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: