ހިޓާޗީ ބްރޭންޑުގެ ޑިޝްވޮޝަރ އެސްޓީއޯއިން 21 އޮކްޓޯބަރ 2024 ގައި މާކެޓަށް ލޯންޗުކުރުމަށް ނިންމައިފި އެވެ.
އެސްޓީއޯއިން ބުނެފައިވަނީ ދެ ވައްތަރެއްގެ ތަފާތު ގިނަ ފީޗާޒްތަކެއް ހިމެނޭ ޑިޝްވޮޝަރ މި ލޯންޗިންގެ ތެރެއިން ތަޢާރަފު ކުރެވިގެން ދާނެ ކަމަށެވެ. ”ކްލީން އެންޑް އެފޯޓްލެސް ލިވިންގ ވިތް ހިޓާޗީ ޑިޝްވޮޝަރސް“ ގެ ނަމުގައި ލޯންޗު ކުރާ މި ޕްރޮޑަކްޓް ލޯންޗިންގް ޕްރޮމޯޝަން 21 އޮކްޓޯބަރުން ފެށިގެން 30 ނޮވެމްބަރ ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ތެރެއިން ޑިސްކައުންޓް އަގެއްގައި މި ޑިޝްވޮޝަރތައް ބައްލަވައިގަތުމުގެ ފުރުސަތުގެ އިތުރުން 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ނަސީބުވެރި އެއް ފަރާތަކަށް ލިބުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އަލަށް ތަޢާރަފު ކުރެވޭ ހިޓާޗީ ބްރޭންޑްގެ 2 ޑިޝް ވޮޝަރ (HDF-F146VX އަދި HDF-F158CVGB) އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އެކު ފަސޭހަ ދިރިއުޅުމަކަށް މަގުފަހިވާނެހެން އުފައްދާފައިވާ ދެ ޕްރޮޑަކްޓު ކަމަށް އެސްޓިއޯއިން މައުލޫމާތު ލިބެއެވެ. މި ޑިޝްވޮޝަރ ތަކުގެ ތެރެއިން HDF-F158CVGB ގެ ޙާއްސަ ފީޗާޒްތަކުގެ ތެރޭގައި ތަފާތު 8 ޕްރޮގްރާމެއް އެކުލެވިގެންވުމާއި އެކު 15 ޕްލޭސް ސެޓިންގްގެ ކެޕޭސިޓީއާއި 43 ޑެސިބަލްސްއަށް އަޑު މަޑުކޮށް އޮޕަރޭޓުކުރުމުގެ ގާބިލް އަދި ދޮވެ ނިމުމުން އަވަހަށް ތަޝިތައް ހިއްކުމަށްޓަކައި އޮޓޯއިން ދޮރު ހުޅުވޭ ފީޗާ އެކުލެވިގެން ވެއެވެ.
މީގެއިތުރުން ހިޓާޗީ HDF-F146VX ގައި ހިމެނެނީ 6 ޕްރޮގްރާމާއި 14 ޕްލޭސް ސެޓިންގްގެ ކެޕޭސިޓީއެއް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ’ފޭން އެސިސްޓެޑް ޑްރައިންގް‘ ސިސްޓަމެއް އެކުލެވޭ ތިމާވެށްޓާ ރަށްޓެހި ގޮތަކަށް ޑިޒައިން ކުރެވިފައިވާ މި ޑިޝްވޮޝަރތަކުން ކޮންމެ ސައިކަލްއަކަށް ބޭނުންކުރާނީ 9.5 ލީޓަރުގެ ފެން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ޑިޝްވޮޝަރގެ ’ހައިޖީން ކެއަރ‘ ފިޗާގެ ގަދަ ހޫނުން 99.999 އިންސައްތަ ބެކްޓީރިއާ ނައްތާލަދިނުމާއިއެކު ސާފުތާހިރުކަން ކަޝަވަރު ކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެސްޓިއޯއިން ބުނެފައިވަނީ މިވަގުތު ރާއްޖޭގެ މާކެޓުގައި ހުރި ޑިޝްވޮޝަރ ތަކުގެ ތެރެއިން އެސްޓިއޯއިން ލޯންޗުކުރާ މި ދެ ޕްރޮޑަކްޓަކީ އެންމެ ފީޗާސް ގިނަ އަދި އެންމެ ކޯސްޓް އެފިޝަންޓް ދެ ޑިޝްވޮޝަރ ކަމަށެވެ.

