ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޖީއެސްޓީ ބޮޑުކޮށްގެން ވިޔަސް ޖްރީން ޓެކްސް ކުޑަކުރަން މުހިންމު: ޑރ. ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޖީއެސްޓީ ބޮޑުކޮށްގެން ނަމަވެސް ގްރީން ޓެކްސްގެ އަދަދު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ޑރ ޝަމްހީދު ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި ދިވެހި އިންވެސްޓަރުންނަށް ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓުކުރެވިގެންދިއުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާރު ކުރެވިގެންދާ މަސައްކަތްތަކުގެ ތެރެއިން ދެވައްތަރެއްގެ ޓެކްސްއެއް ތައާރަފްކުރުމަށް ކަނޑައެޅިފައިވާއިރު އެކައްޗަކީ ފިކްސްޑް ޓެކްސްއެއްކަމަށާއި އޭގެ ތެރޭގައި ބިމު ކުލި ހިމެނޭކަމަށެވެ.

ޝަމްހީދު ވިދާޅުވީ، ޖުމުލަ ގޮތެއްގައި ކޮޓްރިއަކަށް ބިމު ކުލީގެ ގޮތުގައި ރެޔަކު 30 ޑޮލަރު ޖެހޭކަމަށެވެ. އަދި ވިދާޅުވީ، މަތީ ފަންތި އަދި ދަށް ފަންތި ނަމަވެސް ގާތްގަނޑަކަށް އެ އަދަދު ޖެހޭކަމަށާއި މިހާރު އެއާއިއެކު ގްރީން ޓެކްސްގެ ގޮތުގައި 24 ޑޮލަރު ކޮޓްރިއަކަށް ރެއެއްގެ މައްޗަށް ޖެހޭކަމަށެވެ. އެހެންކަމުން ފިކްސްޑް އެމައުންޓު ބޮޑުކުރުމުން ދިވެހި އިންވެސްޓަރުންނަށް ރިސޯޓަކުން އެކަށީގެންވާ އާމްދަނީއެއް ހޯދުން ދަތިވެގެންދާކަމަށެވެ.

ޝަމްހީދު ވިދާޅުވީ މަސައްކަތްތައް ވިސްނުންތެރިކަމާއިއެކު ކުރެވިގެންދިއުން މުހިންމުކަމަށާއި ދުވާލަކު ދެ ތިން ހާސް ޑޮލަރަށް ރޫމު ވިއްކާ ރިސޯޓަކަށް 24 ޑޮލަރު ދޭން ދަތި ނުވި ނަމަވެސް ކުޑަ އަގުގައި ރޫމުތައް ވިއްކާ ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކަށް އަސަރުކުރާނެކަމަށާއި އެހެންކަމުން ޓެކްސް ބޮޑުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވުނު ކަންކަމާއިމެދު ވިސްނާލަން ޖެހޭކަމަށޭވެ.

އޭނާ ވިދާޅުވީ، ދިވެހި އިންވެސްޓަރުންނަށް ރެއެއްގެ މައްަޗަށް އެތައް ހާސް ޑޮލަރަކަށް އަގުކޮށް ކޮޓަރިތައް ނުވިއްކޭކަމަށާއި ފިކްސް ޓެކްސް ބޮޑުކުރުމުން އެންމެ ބޮޑަށް ނޭދެވޭ އަސަރުތައް ކުރާނީ އާދައިގެ ރިސޯޓުތަކަށް ކަަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ގްރީން ޓެކްސްގެ އަދަދު ކުޑަކޮށް ޓީޖީއެސްޓީ އަދަދު ބޮޑުކޮށްގެންނަމަވެސް އާމްދަނީ އަދި އިންވެސްޓަރުން ހިމާޔަތްކުރެވޭނެ މަގަކަށް އަޅުވަންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، ބައެއް ފަރާތްތަކުން އަންދާޒާ ކުރާ މިންގަނޑަށް ދިވެހި އިންވެސްޓަރުންނަށް ފަތުރުވެރިކަމުން ފައިދާ ނުލިބޭކަމަށާއި ކިރިޔާ ރިސޯޓެއް ހިންގޭ އިރު ގިނަ ފަހަރު ޖެހެނީ ވިއްކާލަންކަމަށެވެ. ޝަމްހީދު ވިދާޅުވީ، ހަގީގަތް ބަލައިގަންނަން ޖެހޭކަމަށާއި މައިދާނުގައި ހަމެޖެހި ލޯނު ދައްކައި ނިމިފައިވާ ރިސޯޓުތަކަށާއި ވިޔަފާރިތަކަށް ފައިދާވީނަމަވެސް މިހާރު ކަނޑައެޅިފައިވާ ގޮތުން އަލަށް ލޯނެއް ނަގައިގެން ސިނާއަތަށް ވަންނަ މީހަކަށް ދެކޮޅު ނުޖެއްސޭނަކަމަށެވެ.

އެހެންކަމުން ދިވެހިންގެ ތެރެއިން އައު ފަރާތްތައް މަސައްކަތްތަކުގެ ތެރެއަށް އަހުލުވެރިކުރާނަމަ އެ ފަރާތްތަކަށް ލޯނު ދައްކައި އާމްދަނީއެއް ހޯދޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖޭހެކަމަށާއި ފިކްސްޑް ކޮމްޕޯނެންޓް ކުޑަކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: