ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމާޒުތައް ހާސިލުކުރަން ތަފާސްހިސާބުގެ ނިޒާމު އައު ހަރުފަތަކަށް ގެންދަންޖެހޭ: ޑރ ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި ތަފާސްހިސާބުގެ ނިޒާމު އައު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށް ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ ހައިދަރު ވިދާޅުވީ، އެކި ދާއިރާތަކުން މައުލޫމާތުތައް އެއްކޮށް ތަފާސްހިސާބުތައް އެކުލަވާލެވެން ޖެހޭކަމަށެވެ. އަދި ގާނޫނީ ގޮތުންވެސް މިކަމަށް ފަހިމަގެއް އޮތްކަމަށް ހިއްސާކުރެއްވިއިރު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، 2040 ވަނަ އަހަރު އަންނަންވާއިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރެއްކަމަށާއި އެއީ އެމަނިކުފާނު ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއްކަމަށެވެ. އަދި ރައީސްގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި ގައުމުގެ ތަފާސް ހިސާބުތަކުގެ މަސައްކަތްތައް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ހައިދަރު އިތުރަށް ވިދާޅުވީ، ގައުމެއްގެ ތަފާސްހިސާބުގެ ނިޒާމު ކުރިއަރާ މިންވަރާއި އެ ގައުމެއްގެ ޑިމޮކްރެސީއާއި ގުޑް ގަވަރނެންސްއާއި ހުރި ގުޅުން ބައިނަލްއަގުވާމީ ފެންވަރުގައި މިނެކިރުމުގައި ރިއާޔަތްކުރެވޭކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ޑޭޓާ ހިއްސާކުރުން އިތުރުވެ ދާއިރާގެ ކުރިމަގު ދެމެހެއްޓިނިވި ގޮތަކަށް ބައްޓަންކުރުމަށްޓަކައި ތަފާސްހިސާބުތައް ބޭނުންކުރާ މިންވަރުތައް އިތުރުކުރަން ޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޓެކްސް ނެގޭ ރޭ ރޭޓުތަކުން ފެށިގެން އެނދުތަކުގެ އަދަދާއި ވަޒީފާތައް ޕްލޭންކުރުމުގެ ތެރޭގައިވެސް މައުލޫމާތުތައް ބޭނުންކުރެވެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: