ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ 11 މަސް ތެރޭގައި ކަސްޓަމްސްއިން 114 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރުމުގެ ގަވައިދާ ހިލާފުވެގެން ފަސް މީހެއްގެ މައްސަލަ ތަހުގީގުކޮށްފައިވާނެކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓާގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޔުނިފޯމް އެޅި އިދާރާތަކުން މައުލޫމާތުތައް ފޯރުކޮށްދީފައި ވަނީ އެ މުވައްސަސާތަކަށް މިހާތަނަށް ހުށަހެޅިފައި ހުރި މައްސަލަތަކާއި، ތަހުގީގުތަކުގެ ތަފްސީލެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ދިޔާނާ ވިދާޅުވީ ނޮވެމްބަރު 17 އިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 62 މައްސަލައެއް ކަސްޓަމްސްގައި ރެކޯޑު ކުރެވިފައިވާކަމަށެވެ. އަދި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ޖުމްލަ 114 ކިލޯއަށް އަރާކަމަށް ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ މި މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި، ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށާއި ރާއްޖެއަށް އެތެރެ ކުރާ، ނުވަތަ ރާއްޖެއިން ބޭރު ކުރާ ނަގުދު ފައިސާތަކެއްގެ މައްސަލަ ވެސް ކަސްޓްމްސް ތަހުގީގުކޮށްފައިވާނެކަމެވެ. އެގޮތުން މިއަދާއި ހަމައަށް ފަސް މީހެއްގެ މައްސަލައެއް ބެލިއިރު، އެ މީހުންގެ އަތުން ފެނުނު ނަގުދު ފައިސާގެ ޖުމްލަ 320،171 ޑޮލަރަށް އަރާކަމަށް ވިދާޅުވި އެވެ.

މި މައްސަލަތަކުގައި ހިފެހެއްޓީ ދިޔާނާ ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ ތިން މީހަކާއި، އިންޑިއާގެ މީހެއްގެ އިތުރުން ސްރީލަންކާގެ މީހެކެވެ.

މި ކޭސްތަކުގެ ޖުމްލަ އަދަދަކީ 320,171.29 ޑޮލަރު. މި މައްސަލަތަކުގައި ބަންގްލަދޭޝްގެ ތިން މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ސްރިލަންކާ މީހެއް ހިމެނޭ.

ދިޔާނާ ވިދާޅުވީ ކަސްޓަމްސް އިން ރަލުގެ ބާވަތްތައް ދޫކުރާ ސަފާރީތަކުން އަމަލު ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމަށްޓަކައި ސަފާރީތައް ބަލާފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން ގަވައިދާ ހިލާފްވެގެން 6 ސަފާރީއެއް ޖޫރިމަނާކޮށް އެ މައްސަލަތައް ދަނީ އިތުރަށް ތަހުގީގު ކުރަމުންދާކަން ކޮމިޝަނަރ ފާހަގަކުރެއްވި އެވެ. ދިޔާނާ ވިދާޅުވީ މި ސަފާރީތައް ޖޫރިމަނާ ކުރީ ސަފާރީތަކަށް ދޫކުރާ ޓްރެވެލިން ޕާމިޓާއި ހިލާފުވެފައި ވާތީ އާއި ޓްރެކިންގ ޑިވައިސް ނިއްވާފަ ބެހެއްޓުމާއި ގަވާއިދާ ހިފަށް ސަފާރީއަށް މީހުން އަރާ ފޭބުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: