ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1،200 އަށް ބޮޑު ކުރަން ނިންމައިފި

ބީއެމްއެލްގެ ބްރާންޗެއް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ބީއެމްއެލް ކާޑުގެ ލިމިޓު 1،200 ޑޮލަރަށް ބޮޑު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

މީގެ ކުރިން 750 ގައި ހުރި ލިމިޓު، 1200 ޑޮލަރަށް ބޮޑު ކުރުމަށް ނިންމައި ބީއެމްއެލް ބުނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޑޮލަރު ލިމިޓަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން ކަމަށެވެ.

މި ބަދަލާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޑޮލަރު ލިބުމުގައި އަދިވެސް ދަތިތަކެއް އެބަހުރިކަމަށާއި، އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތަށް ފާހަގަކުރެވިފައިވާކަމަށެވެ.

މި ނިންމެވުމުގެ ސަބަބުން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، އަދި ބޭރުގައި އުޅެމުންދާ ދަރިވަރުންގެ ބޭނުންތަކަށް އިސްކަން ދީގެން ދެމުން އެހީތެރިކަން އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާނެކަމަށް ބީއެމްއެލް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: