ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުކޮރެއާގެ ސިފައިން ދަނީ ހަމަލާ ދިނުމަށް ތައްޔާރުވަމުން: ޔޫކްރެއިންގެ ރައީސް

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޯތުކޮރެއާގެ ސިފައިން ޔުކްރެއިންއަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ޒެލެންސްކީ ތުހުމަތުކުރައްވަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނޯތުކޮރެއާގެ ސިފައިން ހަނގުރާމައިގެ ތެރެއަށް ރަސްމީގޮތުން ވަދެގަންނާނެކަމަށެވެ. އެހެންނަމަވެސް ހުޅުގަނގުގެ ގައުމުތަކުގެ އޮފިޝަލުން ވަނީ އެކަމާއި ދެކޮޅަށް އިންޒާރު ދީ އެކަމުގެ ސަބަބުން ތިން އަހަރާއި ގާތް މުއްދަތަކަށް ދިގުދެމިފައިވާ ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމަށް ބުނެފައިކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންޑޯ ޕެސިފިކް ސަރަހައްދާއި ޖެހެންދެން އަސަރުތައް ކުރާނެކަމަށް ބެލެވޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ނޯތުކޮރެއާ ސިފައިން ރަޝިއާގައި ތަމްރީނުތަކެއް ކުރިއަށް ގެންދާކަމަށް އެމެރިކާއިން މީޑީއާތަކަށް ކަށަވަރުކޮށްދީފައިވުމުން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންދަނީ ކަންބޮޑުވުން ފާޅުކުރަމުންކަމަށާއި ހާރިޖީ މަސައްކަތްތަކުގެ ތެރޭގައިވެސް އަސަރުތައް ފެންނަން ހުރިކަމަށެވެ.

އެމެރިކާގެ ރައީސް އޮފީހުގެ ތަރުޖަމާނެއްކަމަށްވާ ޖޯން ކާރބީ ވިދާޅުވީ، ޖަޕާނާއި ސައުތުކޮރެއާގެ އެންމެ އިސް ސެކިއުރިޓީ އޮފިޝަލުންވަނީ އެ ގައުމާއި ބައްދަލުކޮށްފައިކަމަށާއި ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރިކަން ހިއްސާކޮށްފައިވާކަމަށާއި މައި ކަންބޮޑުވުމަކީ ރަޝިއާއިން ޔޫކްރެއިން އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ނޯތުކޮރެއާގެ ސިފައިން ބައިވެރިވުންކަމަށެވެ.

އެހެންކަމުން ރަޝިިއާއިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އުފެދިފައިވާ ސަލާމަތީ މައްސަލަތައް އިތުރަށް ގޯސްވެގެންދާނެ މި އަމަލުތައް ހުއްޓާލުމަށް ރަޝިއާ އަދި ނޯތުކޮރެއާއަށް އެމެރިކާ އާއި ޖަޕާނުގެ އިތުރުން ސައުތުކޮރެއާއިން ގޮވާލާކަމަށް ކާރބީ ވިދާޅުވިއެވެ.

ދާދި ފަހުން ރަޝިއާގެ ރައީސް އަދި އދގެ ސެކެޓްރީ ޖެނެރަލް ބައްދަލުކުރައްވައި ސަލާމްކުރައްވާ މަންޒަރު އާންމުވެފައިވާއިރު ޔޫކްރެއިންގެ އެކި ފަރާތްތަކުން މިކަމާއި ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކޮށްފައިވާކަމަށްވެސް ރިޕޯޓުތަކުގައި ބުނެއެވެ. އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީވަނީ ޓެލެގްރާމް މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައި ނޯތުކޮރެއާގެ ސިފައިން އެންމެ ފުރަތަމަ ބޭނުންކުރެވިގެންދާނީ ރަޝިއާގެ އެތެރޭގައިކަން އެ ގައުމުގެ ޖާސޫސީ އިދާރާއަށް ކަށަވަރުވެފައިވާކަމަށް ވިދާޅުވެފައިކަންވެސް ފާހަގަކުރާއިރު މިއީ ރަޝިއާގެ ފަރާތުން މައްސަލަ އިތުރަށް ގޯސްކުރުމަށް ހިންގާފައިވާ އަމަލެއްކަމަށްވެސް ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: