ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރަޒާކް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މާލިއްޔާތަށް ހިޔާނާތްތެރިވިކަމުގެ މައްސަލައަކާއި ގުޅިގެން ޖަލު ހުކުމެއްގެ މަތީގައި ހުންނެވި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މާފަށް އެދިވަޑައިގަތުމަކީ އުންމީދުކުރެވިފައިނުވާކަމެއްގެ ގޮތުގައި މީޑިއާތަކުން ފާހަގަކުރާއިރު އޭނާވަނީ އެ ކުށް ހިންގާފައިނުވާކަން ތަކުރާރުކުރައްވާފައިކަންވެސް ފާހަގަކުރެއެވެ. އެގޮތުން އޭނާގެ ބެއްލެވުމުގެ ދަށުގައި ހުއްޓާ ސްޓޭޓްސް އިންވެސްޓްމެންޓް ފަންޑުން އެތައް ބިލިއަން ޑޮލަރެއް ވަގަށް ނަގާފައިވުމަށް މާފަ އެދިވަޑައިގަންނަވާކަމަށާއި އެހެންނަމަވެސް އޭނާއަކީ މައުސޫމެއް ކަމަށް ނަޖީބް ވިދާޅުވިއެވެ.
ރިޕޯޓުތަކުގައިވާގޮތުން މެލޭޝިއާގެ ޑެވެލޮޕްމެންޓު ސްޓޭޓް ފަންޑަކީ ނަޖީބް 2009 ވަނަ އަހަރު މަގާމާއި ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އުފައްދާފައިވާ ފަންޑެއްކަމަށެވެ. އަދި މި ފަންޑުން 4.5 ބިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއް ވަގަށް ނަގާފައިވާކަމަށް ތަހުގީގީ އިދާރާތަކުން ތުހުމތުކުރާއިރު އެއ ފައިސާތައް ހޮލީވުޑް ފިލްމުތަކަށާއި އެހެނިހެން އަގުބޮޑު މުދާ ގަނެގެން އޭނާގެ ގާތް ފަރާތްތަކުން ލޯންޑާރ ކޮށްފައިވާކަމަށްވެސް ތުހުމަތުކުރެއެވެ.
މި މައްސަލައާއި ގުޅިގެން ނަޖީބު ހުންނެވި ސަރުކާރަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު 2018 ވަނަ އަހަރު އޮތް އިންތިހާބުން ވެސް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނުކަމަށެވެ. އަދި އެއަށްފަހު ގާނޫނީގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހި 2022 ވަނަ އަހަރުގައި ހުކުމް ތަންފީޒުކުރަން ފެށިކަންވެސް ފާހަގަކުރެވެއެވެ.
ނަޖީބް މި ވާހަކަތައް ދެއްކެވީ ކޯޓު މަރުހަލާއެއްގެ ކުރިއަށް ކަމަށްވާއިރު ހަތަރު ދައުވާއެއް ކޮށްފައިކަމަށާއި އެއް ދައުވާއަކީ ބާރުތަކުގެ ނަހަމަ ބޭނުންކޮށްގެން 1އެމްޑީބީއިން 700 މިލިއަން ޑޮލަރު ނަގާފައިވުންކަންވެސް ރިޕޯޓުތަކުގައިވެއެވެ.
ނަޖީބް ވިދާޅުވީ، އެ މައްސަލަތައް އޭނާގެ ދައުރުގައި ފެންމަތިވެގެން އައުމާއިމެދު ހިތާމަކުރައްވާކަމަށެވެ. އަދި އެކަމަށްޓަކައި ހިފެހެއްޓުމެއް ނެތި އެންމެހާ ފަރާތްތަކުގެ ކިބައިންވެސް މާފަށް އެދިވަޑައިގަންނަވާކަމަށާއި ހިންގާފައިވާ ޖަރީމާތައް މިހާރު ސާފުވެވަޑައިގަންނަވާކަމަށްވުމުން ހައިރާންވެވަޑައިގަންނަވާކަމަށެވެ.

