ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް މަޖުބޫރުކޮށްގެން ކުރަން ޖެހޭ ކަމެއް ނެތް، ވެރިކަން ކުރަނީ އެއަށްވުރެ މާ ފުރިހަމައަށް: މުހައްމަދު އިސްމާއީލް

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ މެންބަރޝިޕް އިތުރުކުރުމުގެ މަސައްކަތަކީ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގައި ބައިވެރިވާ ކަމެއްކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މެންބަރޝިޕް ޑްރައިވްގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތް ކުރިއަށްދަނީ 7 ދާއިރާއަކަށް ބަހާލައިގެންނެވެ. މުޙައްމަދު އިސްމާޢީލް ވިދާޅުވިގޮތުގައި މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި ކޮންމެ ހަފްތާ ބަންދެއްގައި ބޮޑެތި ސިޓީތަކުގައި މި ހަރަކާތް ހިންގާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ވެރިކަމުގެ ފުރަތަމަ އަހަރު ނިމޭއިރު ޕާޓީގެ މެންބަރުންގެ އަދަދު 75،000 އަށް އިތުރުކުރުމެވެ. ނަމަވެސް މި މަސައްކަތުގެ ލަނޑުދަނޑިއަކީ 90،000 ފޯމު ހަމަކުރުންކަމަށް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ. މިއީ ބައެއް ފޯމުތައް ބާޠިލުވުމުގެ ފުރުޞަތަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވާ އަދަދެކެވެ.

މި ހަރަކާތަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބެމުންދާކަމަށް މުޙައްމަދު އިސްމާޢީލް ފާހަގަކުރެއްވިއެވެ. އަދި މިއީ މަޖުބޫރުކޮށްގެން ކުރާ ކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވ ވާހަކައަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫން އެއީ ހަމަ ކަނޑައެޅިގެން ދޮގު، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް މަޖުބޫރުކޮށްގެން މި ސަރުކާރުން ކުރަން ޖެހޭ އެއްވެސްކަމެއް އޮތްކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން.

މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ރާއްޖޭގެ  މުކަމަށް ވިދާޅުވިއެވެ. އެއީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ރައީސް މުއިއްޒު މަސައްކަތް ކޮށްދެއްވާފައިވަނީ އެހެންވެރިންނަށްވުރެ މާ ފުރިހަމައަށްކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: