ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓު ލިބޭ މީހުންގެ ލިސްޓު މި ހަފްތާގައި އާންމު ކުރާނެކަމަށް ވިދާޅުވެއްޖެ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ 4,000 ފްލެޓުގެ ލިބޭ ފަރާތްތަކުގެ ލިސްޓު، އެއްވެސް ހުރަހެއް ނެތްނަމަ، މި ހަފުތާ ނިމުމުގެ ކުރިން އިޢުލާނުކުރެއްވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.

އޮގަސްޓް މަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވުނު އިރު، މިނިސްޓަރު ޙައިދަރު ވިދާޅުވެފައިވަނީ 4,000 ފްލެޓުގެ މައްސަލަ އެ މަހުގެ ތެރޭގައި މުރާޖަޢާކޮށް، މި މަސައްކަތް އޮކްޓޯބަރު މަހަށް ނިންމާލެވޭނެ ކަމަށެވެ.

މަޖިލީހުގައި މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން މި މަސައްކަތް ވަނީ ހުއްޓުވާފައި ކަމަށެވެ. އަދި ފްލެޓު ލިސްޓު އަލުން މުރާޖަޢާކުރުމަށް އޭ.ސީ.ސީ އިން ދެ ފަހަރެއްގެ މަތިން އަންގާފައިވާ ކަމަށާއި، މިދިޔަ އަހަރުގެ 16 ނޮވެމްބަރުގައި މި މަސައްކަތް ހުއްޓާލުމަށް އޭ.ސީ.ސީ އިން އަންގާފައިވާ ކަމަށްވެސް ޙައިދަރު ވިދާޅުވިއެވެ.

މި 4,000 ފްލެޓާ ގުޅިގެން މި ސަރުކާރަުކާރަށް އެއްވެސް މަސައްކަތެއް ނުކުރެވި އޮތީ އޭ.ސީ.ސީ އިން ތަޙްޤީޤު ކުރަމުންދާތީ ކަމަށް ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ މިއީ 7,000 އަށްވުރެ ގިނަ މީހުންގެ ޝަކުވާއާ ގުޅިގެން ތަޙްޤީޤު ކުރެވެމުންދާ މައްސަލައެއް ކަމަށެވެ.

ތަޙްޤީޤު ނިންމުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް އޭ.ސީ.ސީ އިން ޙަވާލުކުރީ 14 ފެބްރުއަރީގައި ކަމަށާއި، އަދި ވަކި ކަންތައްތަކެއް ކުރުމަށް ލާޒިމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އެއްކަމަކަށް އަޅުގަނޑު ފާހަގަކުރާނީ، އުސޫލާއި އެއްގޮތަށް ޕޮއިންޓު ދީފައި ހުރި ފޯމުތައް ލިބިފައިވާ ޕޮއިންޓަށް ބަދަލު ނާންނަ ގޮތަށް، ކަށަރުކޮށް، މައްސަލަ ހުރި ފޯމުތައް އަލުން މުރާޖައާ ކުރުން.

ހައިދަރު ވިދާޅުވިއެވެ.

އެގޮތުން ރަނގަޅަށް ޕޮއިންޓު ދީފައި ހުރި ފޯމުތަކުގެ ޕޮއިންޓަށް ބަދަލު ނާންނަކަން ކަށަވަރުކުރުމަށާއި، މައްސަލަތައް ހުރި ފޯމުތައް އަލުން މުރާޖައާ ކުރުމަށް ލާޒިމް ކުރިކަމަށް ހައިދަރު މައުލޫމާތު ދެއްވިއެވެ.

މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމުގައި ފޯމުގައި ހުށައަޅާފައިވާ އެންމެންގެ މެދުގައި އެއް މިންގަނޑަކުން އަމަލުކުރުމަށް އަންގާފައިވާއިރު، ފޯމުތައް އަލުން މުރާޖައާ ކުރުމުގައި އުސޫލުގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ކަންކަމާއިމެދު، އަމަލު ކުރާނެ ގޮތެއް ކަނޑައަޅާ އެކަން އާންމު ކުރުމަށްވެސް ލާޒިމް ކުރިކަމަށް ވިދާޅުވިއެވެ. މިނިސްޓަރު މިކަންކަން ތަންފީޒު ކުރުމުގައި ހަމަހަމަކަން ގާއިމްކުރުމަށްވެސް ލާޒިމްކޮށްފައިވާކަމަށެވެ.

މީގެ ކުރީގައި މި މަސައްކަތް ކުރި މީހުންގެ އެއްވެސް ބައިވެރިވުމެއް މި މަސައްކަތުގައި ނުހިމެނުމަށްވެސް އަންގާފައިވެއެވެ. މޯލްޑިވްސް ކަސްޓަމް ސާވިސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ 100 ފްލެޓާއިމެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅާ އާންމު ކުރުމަށްވެސް އަންގާފައިވާކަމަށް ވިދާޅުވިއެވެ.

މި މަސައްކަތުގައި މިނިވަން ކޮމިޓީއެއް އެކުލަވާލާ އެމީހުން ލަފާ ހޯދާފައިވާނެކަމަށްވެސް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: