ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. ގުރައިދޫ އިމިގްރޭޝަން އޮފަރޭޝަން: 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީންނާ ސުވާލުކޮށްފި

ކ. ގުރައިދޫ އިމިގްރޭޝަން އޮޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.ގުރައިދޫގައި ކުރިއަށްދިއަ ހާއްސަ އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ގަވާއިދާ ހިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން މި އޮޕަރޭޝަން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ކ.ގުރައިދޫގައެވެ. މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 20 އޮފިސަރުން އަދި ފުލުހުންގެ 09 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި އޮޕަރޭޝަންގައި ކ.ގުރައިދޫ ކައުންސިލުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ. މި އޮޕަރޭޝަންގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

ކ.ގުރައިދޫގައި ކުރިއަށްދިއަ މި އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި މި ހަރަކާތާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ މިއީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަންތައް ފެށުމާއެކު އަތޮޅުތަކަށް މިފަދަ ބައެއް ބިދޭސީން ދިއުމާއި އެކި ރަށްތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެފައިވާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުން ދިއުމާއި ގުޅިގެން އަތޮޅުތަކަށް މި އޮޕަރޭޝަން ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށުމެއް ކަމަށެވެ.

ހެނދުނު 10:30 އިން ހަވީރު 5:30 އަށް ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއަ މި ހާއްސަ އޮޕަރޭޝަންގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ޗެކްކޮށްފައިވެއެވެ. އަަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުުން ދީ، 05 ދިވެހިން (ވަޒީފާ ދޭ ފަރާތް) ނަށް ވަނީ ލިޔުމުން ނަސޭހަތްދީފައެވެ. ކ.ގުރައިދޫގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދިއަ 39 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި އޮޕަރޭޝަންގައި ގެނެސްފައެވެ. މީގެތެރޭގައި، ބަގުލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ މީހުންގެ އިތުރުން ނައިޖީރިއާގެ މީހެއް ވެސް ހިމެނެއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖެއަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ލިބޭ ގެއްލުން ކުޑަކޮށް، އެމީހުނާ މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: