ނ. މާފަރުގައި ހުޅުވާފައިވާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ފަށައިފިއެވެ.
ޕްރައިވެޓް ޖެޓުތައް ގިނަ އަދަދަކަށް ޖައްސާ އެއާޕޯޓުގެ އިންޓަނޭޝަނަލް ދަތުރުތައް އަލުން ފަށާފައިވަނީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ފަހުގައެވެ. މި މަޝްރޫއުގެ ދަށުން 777-ER300 ބޮއިން މަރުކާގެ ބޯޓް އޮޕަރޭޓް ކުރެވޭ ވަރަށް ރަންވޭ ވަނީ ބޮޑުކޮށްފައިވާއިރު ރަންވޭއަށް 650 މީޓަރު އިތުރުކޮށް ސްޓްރިޕް ވަނީ ފުޅާކޮށްފައެވެ.
ކުރިން ބޭނުން ކުރި ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމާއި ޓެކްސީވޭ ފުޅާ ކުރުމާއި އޭޖީއެލް އަޕްގްރޭޑް ކުރުމުގެ އިތުރުން ޕަވާ ސިސްޓަމް އަޕްގްރޭޑްކޮށް އެމްޓީސީސީން ދަނީ މިހާރު ކުރަމުންނެވެ. މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ދެން އެންމެ ގިނައިން ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓެވެ.
މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަމީޓަރުގެ ފަޔަ ރޯޑު ތަޅާލުމާއ، 18,660 އަކަމީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް ވެއަރިން ކޯސްއެއް އެޅުމާއ،ި 4,047 އަކަމީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ކުރާނެ އެވެ.
އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވީ ޑިސެމްބަރު 2019 ގައެވެ.
ފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި މޯލްޑިވިއަންއިން ގާއިމްކޮށްފައިވާ ފިއުލް ފާމްގައި 400،000 ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެއެވެ. މަތިންދާބޯޓަށް ތެޔޮ އެޅުމަށް ބޭނުންކުރާ އެއް ބައުޒަރުގެ ކެޕޭސިޓީގައި 35،000 ލީޓަރު ހުންނައިރު، ދެވަނަ ބައުޒަރުގެ ކެޕޭސިޓީގައި 20،000 ލިޓަރު ހުންނާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

