ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާއަށް ބަދަލު ނަގާދީފައިވަނީ ހިނގި ޚަރަދަށްވުރެ ބޮޑަށް، އަންދާޒާ ކުރެވޭ އަދަދުތަކެއްގެ މައްޗަށް: އޮޑިޓް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީ ވާހަކަ ދައްކަވަނީީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުން ބާޠިލުކުރި މައްސަލައިގައި ބަދަލު ނަގައިދީފައިވަނީ ޙަޤީޤީ ޚަރަދަށްވުރެ އިތުރަށް، އަންދާޒާކުރެވޭ އަދަދުތަކެއްގެ މައްޗަށް ބިނާކޮށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިޢުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން އެކުލަވާލި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ދީބާޖާއަށް ބަދަލުގެ ގޮތުގައި ދެވިދާނެ އެންމެ މަތީ އަދަދުކަމަށް ކަނޑައަޅާފައިވަނީ 64,266,691 މިލިއަން ރުފިޔާއެވެ. މިއީ ދީބާޖާ އިންވެސްޓްމަންޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާ ދެމެދު 2023 އޯގަސްޓު 13 ވަނަ ދުވަހު ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ދޭން އެއްބަސްވެފައިވާ ޢަދަދެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަދަލުގެ ގޮތުގައި ނަގައގައިދޭންޖެހޭ އަދަދު ކަނޑައަޅަންވާނީ ފެރީ އުޅަނދުތައް ބަނުމަށް ދީބާޖާއިން ކުރި ޚަރަދުތަކަަކަށް ރިޢާޔަތްކޮށްގެންނެވެ. އެއްބަސްވުމާ ގުޅިގެން ދީބާޖާއިން ނުކުރާ ޚަރަދަކަށް ނުވަތަ ނުލިބޭ ގެއްލުމަކަށް ބަދަލު ނަގައިދޭންޖެހޭނެ ކަމަކަށް ނުދެކޭކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ފެރީ އުޅަނދުތައް ބަނުމަށް ދީބާޖާ އިންވެސްޓްމަންޓުން 2.76 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭއިރު، އެ ތަކެތި ވިއްކައިގެން ނުވަތަ ބޭނުންކޮށްގެން ކުންފުންޏަށް ނަފާ ލިބިފައިވޭތޯ ބަލާފައިނުވާކަމާއި، އެ އަދަދު ހޯދައި ތަކެތީގެ އަގުން އުނިކޮށްފައިނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންަޔާންކޮށްފައިވާ ގޮތުގައި، ދަތުރުފަތުރުގެ ޚިދުމަތަށް 3 އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ޚަރަދަށް ބެލުމުގެ ބަދަލުގައި، ބަދަލު ނަގައިދީފައިވަނީ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ އަދަދުތަކަށް ބިނާކޮށެވެ.

މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން 2022 އޮކްޓޫބަރު 9 ވަނަ ދުވަހު ނިންމާފައިވަނީ ސަރުކާރުން އޭރު އެ އެއްބަސްވުން ބާޠިލުކުރީ ރަނގަޅަށް ނޫންކަމަށާއި، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރު ރަނގަޅު ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: