ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުން ކުރަން އުޅޭ މަސައްކަތްތައް ސާފެއް ނުވޭ: ގަޕޯ

ހަނިމާދޫ ދާއިރާގެ މެމްބަރު ގަފޫރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަޕްލިމެންޓަރީ ބަޖެޓު މެދުވެރިކޮށް ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް އެކަށީގެންވާ މިންވަރަށް ތަފްސީލުކުރެވިފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން، މެންބަރު ޣަފޫރު ވަނީ ކޮމިޓީގެ މުޤައްރިރުގެ ބަސްފުޅުތަކުން ކަންކަން އޮޅިގެންދާކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ޖެހޭނެކަމަށް ވިދާޅުވެ، އޭގައި އެކަށީގެންވާ ތަފްސީލުތައް ހިމަނަންޖެހޭނެކަމަށް އިޝާރާތްކުރެއްވިއެވެ.

މެންބަރު ޣަފޫރުގެ ވާހަކަފުޅުގައި، ބަޖެޓު ހުށަހަޅާފައިވަނީ ތަފްސީލުތައް ނެތި ކަމަށް ފާހަގަކުރައްވައި، ބިން ހިއްކުމަށް ކަނޑައަޅާފައިވާ 1.2 ބިލިއަން ރުފިޔާގެ ބޭނުން ސާފުނުވާކަމަށް ވިދާޅުވިއެވެ. އަދި މާމިގިލި ދާއިރާގެ މެންބަރުގެ ޢަމަލުތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރެއްވިއެވެ.

ޣަފޫރު ވިދާޅުވީ، މިފަދަ ބޮޑު ޚަރަދެއް ކުރާއިރު، ބިން ހިއްކާ ތަނާއި އިމާރާތްކުރާ ތަނުގެ ތަފްސީލު ބަޖެޓުގައި ހިމަނަންޖެހޭނެ ކަމަށެވެ. އަދި މިފަދަ ތަފްސީލުތަކެއް ނެތި ބަޖެޓު ފާސްކުރުމަކީ ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.

އިތުރަށް، ޣަފޫރު ވަނީ މި މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށާއި، އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އިދާރީ މޭޒުގައިވެސް ދަންނަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކުއްލި ހާލަތެއް ނެތި، އަވަސް އަރުވާލައިގެން ބަޖެޓު ފާސްކުރަން މަސައްކަތްކުރާ ކަމަށް ފާހަގަކުރެއްވިއެވެ.

ނިންމާލަމުން، މެންބަރު ޣަފޫރު ވިދާޅުވީ މި ކަންބޮޑުވުންތައް ހިއްސާކުރެއްވީ ބަޖެޓުގެ މަޢުލޫމާތުތައް އެނގުމުގެ މުހިންމުކަމަށް ބަލައިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: