ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޓާގެ މެނޭޖްމަންޓް ކޮމިޓީއަށާއި ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ)ގެ މެނޭޖްމަންޓް ކޮމިޓީއަށާއި ކާޓާގައި އޭޝިއާ ސަރަހައްދު ތަމްސީލު ކުރާ ރީޖަނަލް ޑައިރެކްޓަރގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެއެވެ.

މި ކޮމިޓީއަށް ދިވެހިރާއްޖެ އިންތިޚާބުކުރެވުނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 21 އިން 25 އަށް މޮރިޝަސްގައި ބޭއްވުނު ކާޓާގެ 23 ވަނަ އެނުއަލް ޖެނެރަލް މީޓިންގައެވެ. ކާޓާގެ މެނޭޖްމަންޓް ކޮމިޓީގައި މީގެ ކުރިންވެސް 2 ދައުރެއްގައި ދިވެހިރާއްޖެ ވަނީ ތަމްސީލުކޮށްފައެވެ. އަދި ރީޖަނަލް ޑިރެކްޓަރުގެ މަގާމުވެސް ފާއިތުވި ދައުރު މީރާއިން ވަނީ އަދާކޮށްފައެވެ. ކާޓާގެ މެނޭޖްމަންޓް ކޮމިޓީއަށް ދިވެހިރާއްޖެ ފުރަތަމަ އިންތިޚާބުވެފައިވަނީ 2012 ވަނަ އަހަރުއެވެ.

ކާޓާއަކީ 1978 ވަނަ އަހަރު ކޮމަންވެލްތް ފިނޭންސް މިނިސްޓަރުންގެ ނިންމުމުގެ ދަށުން، މެންބަރު ގައުމުތަކަށް އެހީތެރިވެދީ ކޮންފަރެންސްތަކާއި ތަމްރީނު ޕްރޮގްރާމްތަކާއި ޕަބްލިކޭޝަންތަކާއި ޢިލްމު ހިއްސާކުރުމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއާއި ރަނގަޅު ވެރިކަމެއް ކުރިއެރުވުމަށް ފައިދާހުރި ޓެކްސް އެޑްމިނިސްޓްރޭޝަންތައް ތަރައްޤީކުރުމަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. ކާޓާއަކީ އެކި ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަމިއްޔާއެވެ. މި ކޮންފަރެންސް 2023 ވަނަ އަހަރު ބާއްވާފައިވަނީ ދިވެހި ރާއްޖޭގައެވެ.

މިއަހަރުގެ ކާޓާ ޓެކްނިކަލް ކޮންފަރެންސް ގައި އާންމު ވޯޓުތަކުގެ އިތުރުން، ކާޓާގެ ޗެއަރމަން އަދި ރައީސްގެ މަޤާމަށްވެސް ވޯޓުލުންވަނީ ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކާޓާގެ ރައީސްކަމުގެ މަގާމަށް މެލޭޝިއާ ހޮވިފައިވާއިރު، ޗެއަރމަންގެ މަޤާމަށް ހޮވިފައިވަނީ މޮރިޝަސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: