ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޮއިކޮށްފަހުރި ޕްރިޖެކްޓްގެ އަގު 39 ބިލިއަން: މުއްޠަލިބް

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް .
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގައި ސޮއިކުރެވިފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އަގު 39 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރަށް ފާސްކުރެވި ދައުލަތުގެ ބަޖެޓަކީ 49.5 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ސޮއިކުރެވިފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 39 ބިލިއަން ރުފިޔާ ކަމަށާއި، މީގެ ތެރޭގައި 322 މަޝްރޫޢެއް ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި 322 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އެއަރޕޯޓާ ގުޅުންހުރި 9 މަޝްރޫޢަކާއި، ބްރިޖްގެ 1 މަޝްރޫޢަކާއި، ބިންހިއްކުމުގެ 29 މަޝްރޫޢު އަދި މަގުހެދުމުގެ 42 މަޝްރޫޢު ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ 44 މަޝްރޫޢާއި، ފެނާއި ނަރުދަމާގެ 102 މަޝްރޫޢު ހިމެނޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 39 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގުމަށް ކުރީގެ ސަރުކާރުން 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީ އެންމެ 3.6 ބިލިއަން ރުފިޔާ ކަމަށެވެ. އަދި މީގެ ތެރެއިން ބޮޑު ބައެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ބްރިޖާއި، އައްޑޫ ސިޓީގެ މަގުތައް ހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

“ 322 މަޝްރޫއުގެ ތެރޭގައި އެއާރޕޯޓްގެ 9 މަޝްރޫއަކާއި ބްރިޖްގެ 1މަޝްރޫއުއަކާއި، ބިންހިއްކުމުގެ 29 މަޝްރޫއު އަދި މަގުހެދުމުގެ 42 މަޝްރޫއު ހިމެނިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ގޮޑުދޮށް ހިމާޔަތްކުރުމުގެ 44 މަޝްރޫއު، ފެނާއި ނަރުދަމާގެ 102 މަޝްރޫއެއް. މި ދެންނެވި 39 ބިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 2024 ވަނަ އަހަރު ބަޖެޓުގައި ހިމަނައިފައިވަނީ އެންމެ 3.6 ބިލިއަން ރުފިޔާ “ މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފައިވަނީ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ އަދަދުގެ ގާތްގަނޑަކަށް 15 ނުވަތަ 20 ޕަސެންޓް ކަމަށެވެ. ޢުމްރާނީ ތަރައްޤީއާގުޅުންހުރި 300 އަށްވުރެ ގިނަ މަޝްރޫޢު ހިންގުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ ބައިކުޅަ ބައިކަމަށާއި، އައު މަޝްރޫޢުތައް ފެށުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެއީކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާލީގޮތުން ހުރި ގޮންޖެހުންތަކާއެކުވެސް އެ ވުޒާރާއިން މަސައްކަތް ކުރަމުންދިޔާއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ވީހާވެސް ގިނަ މަޝްރޫޢުތައް ހުއްޓާނުލާ ކުރިއަށްގެންދިއުމަށް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: