ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ މަސައްކަތްތައް ބަލައިގަންނަ އެއްވެސް ރައްޔިތަކު ނެތް: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ރާއްޖޭގެ އެއްވެސް ރައްޔިތަކު ބަލައިގަންނަ ކަމަށް ގަބޫލުނުކުރައްވާކަމަށް މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަަވަމުން ނާޒިމްވަނީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށްޓަކައި ރާއްޖޭގައި އެކުލަވާލާފައިވާ މުއައްސަސާގެ މަސައްކަތްތަކަށް އަލިއަޅުއްވާފައެވެ. ނާޒިމް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަސް މެމްބަރުން އެއްފަހަރައި ބަދަލުކުރިކަމަށެވެ. އަދި ކޮމިޝަންގެ ރައީސްއަކު ނެގުމަށް އޮންނަނީ ކޮމިޝަންގެ މެމްބަރުންގެ ތެރޭގައިކަމަށްވެސް ހިއްސާކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، ކޮމިޝަންގެ މެމްބަރުން އައްޔަނުކުރަނީ ފަސް އަހަރު ދުވަހަށް ކަމަށްވުމުން އަދި ތިން އަހަރު ވަރު ކޮމިޝަންގެ ދައުރުގައި ބާކީ އޮތްކަމަށެވެ. އެހެންކަމުން އެ ކޮމިޝަން ރަނގަޅަށް މަސައްކަތްތައް ކުރާނެ ގޮތެއް ހަދަންޖެހޭކަމަށާއި އެންޓި ކޮރަޕްޝަން މުއައްސަސާ ހިނގަންވާ ގޮތަށް ހިނގާކަމަށް ގަބޫލުކުރާ ރައްޔިތަކު ރާއްޖޭގައި ހުރިކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮމިޝަންއަކީ ކޮރަޕްޝަންއާއި ގުޅުންހުރި މައްސަލަތައް ހައްލުކުރެވޭ ބައެއްކަމަށް ގަބޫލުކުރާ ރައްޔިތުން ތިބިކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

އެހެންކަމުން އެތަނަށް ރައީސްއަކު އައްޔަނުކުރުން ފަދަ މަސައްކަތްތައް ކުރަންޖެހޭކަމަށް އިޝާރާތްކުރެއްވިއިރު، މިހާރު ހުންނެވި ރައީސް އަލުން އައްޔަނުކުރުމުގެ ފުރުސަތުވެސް އޮތްކަމަށާއި ބަދަލުކުރުމުގެ ފުރުސަތުވެސް ރައީސުލްޖުމުހޫރިއްޔާއަށް ކޮމިޝަންތަކަށް މެމްބަރުން އައްޔަނުކުރުމުގެ ބާރު ލިބިދޭގޮތަށް ހުށައަޅާފައިވާ އިސްލާހުން ފަހިވެގެންދާނެކަމަށެވެ.

ނާޒިމް ވިދާޅުވީ، އެ ބާރަކީ ރައީސްއަށް މުތުލަގަށް ލިބެންޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ނިމުމަކާއި ހިސާބަށް އައިސް މި ސަރުކާރު ފެށިގެންދިޔަ ދުވަސްވަރު އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއިމެދު އެމްޑީޕީގެ ސަރުކާރުން ކަންކަން ކުރި ގޮތް ފެނިފައިވުންކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އައްޔަނުކުރި ތިން މެމްބަރަކު ވަކިން ގުރޫޕެއްހެން މަސައްކަތްކޮށް އެކައްޗެއް ކިޔައިގެން ޖަލްސާތަކަށް ހާޒިރުނުވުމާއި ކޯރަމް ގެއްލުވާލުން ފެނިގެންދިޔަކަމަށާއި އިލެކްޝަންސްގެ ރައީސް ހައިޖެކްކޮށްފައިވާ މަންޒަރު ފެނިގެންކަމަށެވެ. އެހެންކަމުން ޕީއެންސީއިން އެކަން ތަކުރާރުވާން ފުރުސަތު އޮންނަން ބޭނުން ނުވާކަމަށާއި އިސްވެ ދެންނެވީ މިކަމުގެ މިސާލެއްގެ ގޮތުގައި ކައިރި މާޒީގައި ފެންމަތިވި މިފަދަ މައްސަލައެއްކަމަށެވެ.

ނާޒިމް ވިދާޅުވީ، އެ ދުވަސްވަރު އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގު އެކަހެރިކޮށްލިކަމަށާއި ތިން މެމްބަރަކު ގުޅިގެން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅި މަންޒަރު ފެނިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، ރައީސްއަށް މި ބާރުތައް ލިބިދޭންޖެހެނީ މިފަދަ މައްސަލަތަކާއި ގުޅިގެންކަމަށާއި އެމްޑީޕީގެ ފަރާތުން ނަން ފޮނުވައިގެން ތަންތަނަށް އައްޔަނުކޮށްފައިވަނީ ޕްރޮފެޝަނަލް މީހުން ކަމަށް ވިދާޅުވެވެން ނެތީ ފާހަގަކުރި ފަދަ ކަންކަން ހިނގާފައި އޮތުމުންކަމަށެވެ.

ނާޒިމް ވިދާޅުވީ، އޭސީސީގައި ފަސް މެމްބަރުން ތިއްބަވާއިރު ހިހޫތަނުން ކާލައިގެން އެއްވެސް ކަމެއް ނުކޮށް ތިބެވޭ ގޮތަށް އެ މީހުންނަށް ޖާގަ ދީގެން ހުންނަ ރައީސްއަކު އެތަނަށް ލައިގެން އަނެއްކާވެސް މި ފަސް އަހަރު ކޮރަޕްޝަން ހިނގާ ގޮތަށް ދޫކޮށްލުމުން އެ މަންޒަރު ބަލަން ޕީއެންސީއަށް ނުތިބެވޭނެކަމަށެވެ. އަދި ރައްޔިތުން ސުޕަރމެޖޯރިޓީއެއް ދިނީ ގައުމުގެ ކަންކަން އިސްލާހުކުރަންކަމަށާއި ކޮރަޕްޝަންގެ ކަންކަން އިސްލާހުވެ ހުއްޓިގެންދާތަން ނުފެންނަކަމަށެވެ.

ނާޒިމް ވިދާޅުވީ، ސްމަގުލް ކުރުމާއި އެފަދަ އެހެން ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު މިނިސްޓަރުން ނުހައްގުން މުއްސަނދިވެގެން ގޮސް މީހުންގެ ބިންތަކާއި އިމާރާތްތައް ގަންނަމުންދިޔަކަމަށާއި އެފްއޭއެމްގެ ރައީސް ބައްސާމްވެސް ދެ އެޕާޓުމެންޓު ގަނެ ގުޅުވާލިކަމަށެވެ. އެހެންނަމަވެސް އެކަންވެސް އެނގުނީ އޭނާ ގެއިން ނެރޭ ހިސާބަށް ދިއުމުންކަމަށާއި އެންޓި ކޮރަޕްޝަން ބޯޑެއް އޮތްއިރު ވީކަމެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: