ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

17 ނޮވެމްބަރުގެ ކުރިން އާރްއެސްޑަބްލިޔު ފެސިލިޓީއަށް އެދޭ ދޯނިތަކަށް ފައިނޭންސް ހަމަޖައްސައިދެނީ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

17 ނޮވެމްބަރުގެ ކުރިން އާރްއެސްޑަބްލިޔު ފެސިލިޓީއަށް އެދޭ ދޯނިތަކުގެ އިވޭލުއޭޝަން ފުރިހަމަކޮށް ފައިސާ ދޫކުރުމަށް ވުޒާރާއާއި އެސްޑީއެފްސީގެ ޓީމުން މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގެ ގޮތުން ދޫކުރާ ލޯނު ލިބުނު ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ މި ފެސިލިޓީއަކީ ސަރުކާރަކުން މިހާތަނަށް އޮޑިވެރިންނަށް ހުޅުވާލާފައިވާ އެންމެ ފަހި ފުރުސަތުކަމަށެވެ.

ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ބެހެއްޓުމަށް އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

މި ފެސިލިޓީގެ ސަބަބުން އޮޑިވެރިންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި %35 ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށާއި، 2 މިލިއަން ރުފިޔާއާ ހަމައަށް ރަހުނަކާ ނުލައި ފެސިލިޓީ ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އާރްއެސްޑަބްލިޔު ސިސްޓަމާއެކު ބޭނުން ސައިޒެއްގެ ޖަނަރޭޓަރެއްވެސް ގަނެވޭނެ ކަމަށާއި، ފެސިލިޓީއަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުން 10 އަހަރަށް ބަހާލެވޭނެ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: