ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ރައީސް އައްޔަނުކުރަން މެމްބަރުންނަށް ދިނީމަ އެތެރޭގެ މައްސަލަތައް އުފެދޭ: ޝާހިދު

ރަޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
ޝެއާރކޮށްލާ ކަހަލަދޯ؟

އޭސީސީގެ މެމްބަރުންނަށް ރައީސްއަކު އައްޔަނުކުރުމުގެ ބާރު ދިނުމުން ބޮޑެތި މައްސަލަތައް މެމްބަރުންގެ މެދުގައި އުފެދިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމިޝަންތަކަށް މެމްބަރުން އައްޔަނުކުރުމުގެ މަސައްކަތްތަކަށް ގެނެއުމަށް ހުށައަޅާފައިވާ އިސްލާހާއިމެދު ވާހަކަދައްކަވަމުން މެމްބަރު ޝާހިދު ވިދާޅުވީ، މިހާރުވެސް މިނިވަން މުއައްސަސާތަކަށް މީހުން އައްޔަނުކުރަނީ ރައީސުލްޖުމުހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުވުމުންކަމަށާއި ގެނައުމަށް މަސައްކަތްކުރާ އިސްލާހުގައިވެސް ހަމަ އޮތީ އެ އުސޫލުން މަޖިލީހަށް ނަންތައް ފޮނުވުމަށްކަމަށެވެ. ޝާހިދު ވިދާޅުވީ، ތަފާތަކީ ރައީސް އަދި ނައިބުރައީސްގެ ނަން ވަކިން ފޮނުވުމަށް ކަނޑައެޅުންކަމަށާއި ދެންވެސް ފާސްކުރާނީ މަޖިލީހުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އޭސީސީއެއް ވުޖޫދުކުރުމަށްޓަކައި މިހާރު އޮތް އުސޫލުން ނަންތައް ފޮނުވުމުނާއި ފަސް މެމްބަރުންގެ އަތަށް ރައީސްއަކު އައްޔަނުކުރުމުގެ ބާރުތައް ދިނުމުން ހުރިހާ މެމްބަރުންވެސް އެ މަގާމު ބޭނުންވާކަމަށެވެ. އެހެންކަމުން ހިތްނުތަނަވަސްވުމާއި އެއްބަޔަކު އަނެއްބަޔަކަށް ހަސަދަވެރިވުމާއި އަގުވައްޓާލުމަށް މަސައްކަތްކުރުން ފާހަގަކުރެވޭކަމަށެވެ. އަދި އެކަކަށް އެ މަސައްކަތްތައް ކުރުމަށް ޖާގަ ނުދިނުމުގެ މައްސަލަ ފެންމަތިވެގެން އަންނަކަމަށް ހިއްސާކުރެއްވިއެވެ. އެހެންކަމުން ގެނައުމަށް މަސައްކަތްކުރަމުންދަނީ ވަރަށް ހެޔޮ ބަދަލެއްކަމަށާއި އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުގެ ވާހަކަތައް ވަރަށް ފުޅާކޮށް ދެއްކިދާނެކަމަށްވެސް ވިދާޅުވިއެވެ،.

ޝާހިދު ވިދާޅުވީ، ކޮންމެ މީހަކުވެސް ދައްކަނީ އެއް ވާހަކަތަކެއް ކަމަށްވާއިރު ފާހަގަކުރެވޭ ކަންކަން އިސްލާހުކުރުމަށް ކުރެވިފައިވާ އެއްވެސް މަސައްކަތެއް ފެންނަން ނެތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެސީ ދޮންވެ ފައްކާވެފައިވާ ވާހަކަތައް ވަރަށް ފަހުރުވެރިކަމާއިއެކު ދައްކާކަމަށާއި މިނިވަން މުއައްސަސާތަކުގެ ވާހަކަތައްވެސް އެގޮތުގެ މަތިން ދައްކާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ ތެރޭގައި ހާސްކަން އުފެދި ކަންބޮޑުވަނީ މިފަދަ ތަންތަނުން ކުރާ މަސައްކަތްތަކުން ރައްޔިތުން އެދޭފަދަ ނަތީޖާތަކެއް ނެރެނުދެވޭތީކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ފަސް އަހަރު ދުވަސް ހޭދަވެގެންދިޔައިރު އެފަދަ މުއައްސަސާއަކުން އިސްވެ ކުރި މަސައްކަތެއް ފެންނަން ނެތްކަމަށެވެ. މިވަނި ސަރުކާރެއްގައި މިވަނި ކަމެއް ކޮށްފައިވާކަމަށް ބުނެލާ ތަން ނުފެންނަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: