ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން މުވައްސަސާތަކުގެ ބާރު ރައީސަށް ދެނީ، ސަރުކާރުގެ މައްސަަލަތައް ބަލުމުގެ ޖާގަ ނުދޭން: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން މުއައްސަސާތަކުގެ ބާރުތައް ރައީސުލްޖުމުހޫރިއްޔާ ނެންގެވުމުން އެއިރެއްގައި އޮންނަ ސަރުކާރަކާއި ދެކޮޅަށް ހުށައެޅޭ މައްސަލަތައް ނުބެލޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނަށް ރައީސާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދީ ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް އެމްޑީޕީގެ މެމްބަރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ބިލުގެ ބަހުސްގައި މައުރޫފް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކަށް ގިނަ ފަހަރަށް ކުރިމަތިލަނީ ވަޒީފާގެ ބޭނުމުގައިކަން ފާހަގަކުރެވޭ ކަމަށެވެ.

ކޮމިޝަނަކަށް އައްޔަނުވުމަށް ފަހު މަގާމު ގެއްލެން އެއްވެސް މެމްބަރަކު ބޭނުން ނުވާކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ، ސަރުކާރު ބަދަލުވުމާއި އެކު ކުއްލިއަކަށް އޭސީސީ ހަރަކާތްތެރިވާން ފަށައި ފްލެޓު ލިސްޓުބ ބާތިލުކޮށް އެތައް މައްސަލައެއް ބަލަން ފެށި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުމެއް ނުވަތަ އެންގުމެއް ނާންނަނީސް އަމިއްލަ އިސްނެގުމަށް ސިޓީ ފޮނުވައިގެން ހާޒިރުވާން ވެސް ބޭނުންވި ކަމަށެވެ.

މަޖިލިސް ކޮމިޓީއަށް ކޮމިޝަނުން ޝަކުވާތައް ހުށަހަޅައި، ވަކި މައްސަލަތަކެއް ބެލުމުގެ ޖާގައެއް ކުރިން ލިބިފައި ނެތްކަމަށް ބުނެ ވާހަކަ ދެއްކުމުގެ ބޭނުމަކީ މަގާމު ދިފާއު ކުރުންކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ މަގާމުތަކުގެ ބޭނުމުގައި މެމްބަރުން މަސައްކަތް ކުރާއިރު، އެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ އަތް މައްޗަށް ދިއުމުން ތަން ހިނގާނީ އެމަނިކުފާނު ބޭނުންވާ ގޮތަށްކަމަށް މެމްބަރު ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، ކޮމިޝަނެއް މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ މަގުސަދުތަކެއް އޮވެގެންކަމަށާއި އެތަނުގެ ބާރުތައް ރައީސްއަށް ދިނުމުން އެކަން ފުރިހަމަ ނުކުރެވޭކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ ހާއްސަ ގޮތެއްގައި އިލެކްޝަންސްއަކީ އިންތިހާބުތައް ބޭއްވުމާއި އިންތިހާބުތަކުގެ ޒިންމާތައް މަތިކޮށްފައިވާ ފަރާތްކަމަށްވާއިރުއާއި އެ އިންތިހާބުތަކާއި ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ މައްސަލަތައް ބެލުމަށް އޮންނަނީ އޭސީސީއަށް ކަމަށްވާއިރު އެ ކޮމިޝަންތަކުގެ ބާރުވެރިކަން ރައީސުލްޖުމުހޫރިއްޔާގެ ނެންގެވުމުން ވެގެންދާނެ ގޮތަކީ ސަރުކާރާއި ރައީސްގެ ދެކޮޅަށް ހުށައަޅާ މައްސަލަތައް ނުބެލިދިއުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: