ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް ބަދަލުކުރަނީ ރައްޔިތުންނަށްޓަކާއެއް ނޫން، ގާތުން މިކަންކަން ބަލަންޖެހޭ: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ޤާނޫނީ ގޮތުން ގެންނަމުންދާ އިޞްލާޙުތަކަކީ ރައްޔިތުންގެ މަޞްލަޙަތަށް ކުރެވޭ މަސައްކަތްތަކެއް ނޫން ކަމަށާއި، ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ގާތުން ބަލަންޖެހޭ ކަމަށެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަނުކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިލް ވިދާޅުވީ، ރައްޔިތުންގެ ބާރުތައް ނިގުޅައިގަނެވެމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، މިއަދަކީވެސް އެފަދަ ދުވަހެއް ކަމަށެވެ. އެގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބާރުތައް ވަކި ފަރާތެއްގެ އަތްމައްޗަށް ދަމައިގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ދެން އިލެކްޝަންސް ކޮމިޝަނުގެ ބާރުތައް ދަމައިގަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާޒިލް ވިދާޅުވީ، މީގެ ކުރިން ޕީ.އެން.ސީން ދައްކަމުން އައީ އެމް.ޑީ.ޕީން ގޯސްކޮށް ކަންކަން ކުރަމުންދިޔަ ވާހަކަ ކަމަށާއި، ނަމަވެސް ޕީ.އެން.ސީގެ މަޞްލަޙަތަށް ރަނގަޅުވުމުން އެމް.ޑީ.ޕީން ރަނގަޅަށް މަސައްކަތްތައް ކުރި ކަމަށްވެސް ބުނެފައިވާ ކަމަށެވެ. އަދި މި ހުރިހާ ކަމެއް ކުރަމުންދަނީ މަސް ނިމުމުން މުލިޔާގެއަށާއި ދިމްޔާތަށް ދާންޖެހޭތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިލްގެ ވާހަކަފުޅު ނިންމަވަމުން ވިދާޅުވީ، ޙަޤީޤަތުގައި ޤާނޫނުތަކަށް ގެންނަމުންދާ އިޞްލާޙުތަކަކީ ރައްޔިތުންނަށް ފައިދާހުރި ކަންކަމެއް ނޫން ކަމަށާއި، މި ސަރުކާރުން މިފަދަ ގޮތަކަށް ކުރަމުންދާ ކަންކަން ގާތުން ބަލަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: