ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ އެމްޑީޕީ ކުރި މަސައްކަތްތައް ރޫޅާލަމުން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭއިންސާފާއި އަނިޔާވެރިކަން ގަބޫލުނު ކުރާ ފިކުރު އަށަގެންނެވުމަށްޓަކައި އެމްޑީޕީއިން ކުރަމުން އައިސްފައިވާ މަސައްކަތްތައް ސަރުކާރުން ރޫޅާލަމުންދާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ގާނޫނާއި ހިލާފު އަމަލެއް ހިންގައިފި ނަމަ، އެ މީހަކު ޖުރިމަނާ ކުރުމުގެ އިތުރުން ނިސްބަތްވާ ޕާޓީ ވެސް އެއްލަކަ ރުފިޔާއިން ޖުރިމަނާކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހެއް ހުށަހެޅުމުންނެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލު އިސްލާހުކުރުމާއި ގާނޫނާ ހިލާފުވާ ހާލަތްތައް މަދު ކުރުމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމަށްޓަކައި ވަކިވަކި އަމަލު ކުރާ ފަރާތްތައް ޕާޓީ ހިމެނޭހެން ޖުރިމަނާ ކުރުމެވެ. އަދި ސިޔާސީ ޕާޓީ ރެޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމު ގާނޫނުގެ ޖަދުވަލުގައި ހިމެނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނަމޫނާއަކާއި އެއްގޮތްވާގޮތުގެ މަތީން ހުށަހެޅޭ ގޮތަށް ހަމަޖެއްސުމަށެވެ.

އިސްލާހަށް ދެކޮޅު ހަައްދަވައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ދުވަހުގައި ރައްޔިތުންގެ ބާރުވެރިކަން ގާއިމުކޮށް ހުދުމުހުތާރު ވެރިކަންތަކުގެ ސަބަބުން އުފެދޭ ބޭއިންސާފާއި އަނިޔާވެރިކަން ގަބޫލުނުކުރާ ފިކުރެއް އަށަގެންނެވުމަށްޓަކައި އެޕާޓީން ކަރަމުން ގެންދިޔަ މަސައްކަތްތައް ސަރުކާރުން ދަނީ ރޫޅާލަމުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ، މިހާރު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލުތަކަކީ ރައްޔިތުންގެ ބާރުވެރިކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް އަސާސްތައް ކަފުން ކުރުމަށް ތަންފީޒުކުރަމުންދާ އެޖެންޑާގެ ތެރެއަށް އިތުރުވި ޖަރީމާއެއްކަމަށެވެ. އަދި ވިދާޅުވީ ސަރުކާރެއް ބަދަލުވާއިރަށް ހައްގުތައް އުނިކޮށް ނިޒާމު ބަދަލުކޮށްލުމަށް އޮންނަ ފުރުސަތު ނައްތާލުން މުހިންމުކަމަށާއި ފާއިތުވި 16 އަހަރުގެ ތަޖުރިބާއިން އިބުރަތް ހާސިލުކޮށް ގާނޫނުއަސާސީއާއިމެދު އަލުން ނަޒަރު ހިންގައި އެ ގާނޫނުއަސާސީން އެކަށައެޅިފައިވާ އުސޫލުތައް ނުރޫޅޭނެ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްޓަކައި ފަރުވާތެރިކަމާއިއެކު މަސައްކަތްކުރަންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: