ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާ މައްސަލައިގައި އޮޑިޓަރ ޖެނެރަލް އެންގެވި އެންގެވުން ތަންފީޒު ކުރާނަން: ބަންޑާރަނައިބު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދީބާޖާ އިންވެސްޓްމަންޓާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުން ބާޠިލުކުރި މައްސަލައިގައި ބަދަލު ނަގައިދީފައިވާ ގޮތް ރަނގަޅު ނޫންކަމަށް ބުނެ އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރައްވާނެކަމަށް ބަންޑާރަނައިބު (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޝާއިޢުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން އެކުލަވާލި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ދަތުރުފަތުރުގެ ޚިދުމަތަށް 3 އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ޚަރަދަށް ބެލުމުގެ ބަދަލުގައި، ބަދަލު ނަގައިދީފައިވަނީ ޚަރަދުވާނެކަމަށް އަންދާޒާކުރެވޭ އަދަދުތަކަށް ބިނާކޮށެވެ.

އެހެންކަމުން ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގުން“ ސުވާލު ކުރުމުން ބަންޑާރަނައިބު ވިދާޅުވީ، އޮޑިޓަރ ޖެނެރަލްއަކީ މިނިވަންކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި، އޮޑިޓަރ ޖެނެރަލް އަންގަވާ އެންގެވުންތައް ތަންފީޒު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން، އޮޑިޓް ރިޕޯޓުގައި ދީބާޖާއަށް ބަދަލު ދީފައިވާ ގޮތް ރަނގަޅު ނޫންކަމަށް ބަޔާންކޮށްފައިވާކަންވެސް އޭޖީ ފާހަގަ ކުރެއްވިއެވެ.

އޮޑިޓަރ ޖެނެރަލްއަކީ ވަރަށް މިނިވަންކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް، އޮޑިޓަރ ޖެނެރަލްގެ ނިންމެވުންތައް ތަންފީޒު ކުރެއްވުމަށްޓަކައި މަސައްކަތް ކުރާނަން، އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައި ގެއްލުމުގެ ބަދަލުތައް ދީފައިވަނީ ޤާނޫނާ ޚިލާފަށޭ

ފެރީ އުޅަނދުތައް ބަނުމަށް ދީބާޖާ އިންވެސްޓްމަންޓުން 2.76 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭއިރު، އެ ތަކެތި ވިއްކައިގެން ނުވަތަ ބޭނުންކޮށްގެން ކުންފުންޏަށް ނަފާ ލިބިފައިވޭތޯ ބަލާފައިނުވާކަމާއި، އެ އަދަދު ހޯދައި ތަކެތީގެ އަގުން އުނިކޮށްފައިނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: