ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ލިބޭ ރީތި ނަމެއް ނެތް: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ލިބޭނެ ހަގީގީ ރީތި ނަމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިސް ޔުނިވާސްގެ ނަމުގައި ބާއްވާ ހަރަކާތެއްގައި ދިވެއްސަކު ބައިވެރިވުން ބަލައި ނުގަންނަ ކަމަށާއި އެކަމަށް އެހީތެރިކަމެއް ވެސް ދީފައި ނޯންނާނެކަމަށް ދިވެހި ސަރުކާރުން ހާމަކުރުމުން ގިނަ ބަޔަކު ވަނީ ޒުވާނުން ބާރުވެރި ކުރުވުމުގައި ސަރުކާރުން މަސައްކަތެއް ނުކުރާކަމަށް ބުނެ ފާޑުކިޔާފަ އެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައީސް މުއިއްޒު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން ލިބޭނެ ރީތި ނަމެއް ނެތްކަމަށެވެ. އަދި ވިދާޅުވީ އެއީ ފިރިހެނެއް ނުވަތަ އަންހެނެއް ނަމަވެސް މާތްﷲ ރުހޮވޮޑިގެންނުވާ ގޮތަކަށް ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން ލިބޭނެ ތިމާއަށް ނުވަތަ ތިމާގެ ދީނާއި ގައުމަށް ވެސް ލިބޭނެ ހަގީގީ ރީތިނަމަކާއި އުފަލަކާއި ކާމިޔާބީއެއް ނެތްކަމަށެވެ.

ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ ”އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންގެ އިސްލާމް ދީނާއި އަޢީދާއާއި ސަގާފަތާއި ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވާ އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ ކަންކަމަކީ ދިވެހިން ޤަބޫލުކުރާ އާއްމު އަޚްލާޤީ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ކަންކަމަށް ވާއިރު ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތްތަކަށް ދިޔުން ދިވެހި ސަރުކާރުން ކުށްވެރި ކުރަމެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ފަރާތުން އެކަން ހުއްޓާލުމަށް ވެސް ގޮވާލަމެވެ.

ދިވެހިރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރި ކުރުވުމަކީ ސަރުކާރުން ކުރާނެ ކަމަކަށް ނުވާއިރު އެއީ ސަރުކާރުން ކުރުވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރި ނުވުމަށް އެންމެހާ ރައްޔިތުންނަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވާތީ އެއީ ރާއްޖެ ތަމްސީލް ކުރަން ދިވެހި ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމެއް ކަމަށް ދޭހަވާގޮތަށް ޚަބަރުތައް އާއްމުވަމުން ދިޔަ ނަމަވެސް އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: