ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއަން އައިޑަލް 15 ފަށައިފި!

އިންޑިއަން އައިޑަލް 15
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގައި މަޝްހޫރު ލަވަކިޔުމުގެ ރިއަލިޓީ ޝޯއެއް ކަމަށްވާ ”އިންޑިއަން އައިޑަލް“ގެ 15 ވަނަ ސީޒަން ފަށައިގެން ކުރިއަށް އެބަދެ އެވެ.

އެގޮތުން މި ފަހަރު ވެސް އޮޑިޝަން ބުރާއި ތިއޭޓަރު ބުރުން ފާސްވެގެން ޝޯގެ ގާލާ ރައުންޑަށް ކޮލިފައިވާނީ 12 ލަވަކިޔުންތެރިންނެވެ.

ޝޯގެ މި ސީޒަން ވެސް ހުށައަޅައިދޭނީ އަދިތުޔާ ނާރަޔަން އެވެ. މިފަހަރުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ ބާދްޝާހްގެ އިތުރުން ޝްރެޔާ ގޯޝާލްއާއި ވިޝާލް ޑަދްލާނީ އެވެ.

އިންޑިއަން އައިޑަލްއަކީ ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ގިނަ ލަވަކިޔުންތެރިންތަކެއް އުފެއްދި ޝޯއެކެވެ. އޭގެ ތެރޭގައި އަބީޖީތު ސާވަންތު، ރިޝީ ސިންހް އަދި ސަލްމާން އަލީ ފަދަ ތަރިން ހިމެނެ އެވެ.

އިންޑިއަން އައިޑަލް ސީޒަން 15ގެ އާ އެޕިސޯޑުތައް ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭ 20:30 ން ފެށިގެން މީޑިއާނެޓްގެ ސޮނީ އެންޓަޓެއިންމެންޓް ޓެލެވިޝަން ޗެނަލުން ދުރަށް ދައްކާނެ އެވެ.

 

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: