ބޮޑެތި ޑިސްކައުންޓު ތަކާއިއެކު ”އެސްޓީއޯގެ ވެއާހައުސް ސޭލް“ ފެށުމަށް އެސްޓީއޯ ތައްޔާރުވެއްޖެ އެވެ.
މި ސޭލްއާއި ގުޅޭ މައުލޫމާތު ދެމުން، އެސްޓީއޯ ބުނެފައި ވަނީ ީ ވެއާހައުސް ސޭލް ކުރިއަށް ކުރިޔަށް ދާނީ ހުކުރު ދުވަހުގެ ހަވީރު 05:00 އިން ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ރަމަޒާން ބާޒާރަށް ކަސްޓަމަރުންނަށް ބޭނުންވާ ސާމާނު ގެނައުމަށް ކުރިޔަށް ގެންދާ މި ސޭލްގައި ގިނަ ދުވަހު މާކެޓުގައި ހުރި ޕްރޮޑަކްޓުތައް ހެޔޮ އަގެއްގައި ލިބިގެންދާނެ އެވެ.
އެސްޓީއޯ ބުނީ ރޯދަ މަހުގުެ ކުރިޔަށް އައު ޕްރޮޑަކްޓުތައް މާކެޓަށް ނެރުމަށްޓަކައި، މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެސްޓީއޯގެ ޕީޕަލްސް ޗޮއިސްއިން ބަދިގެއަށް ބޭނުންވާ ސާމާނާއި އަދި ފުރިޖު، މެޝިން ޓީވީ ފަދަ ސާމާނުތައް ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެކަމަށް ބުންޏެވެ.
މީގެއިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންގެ ފަރާތުން ނިޕޯން ޕެއިންޓް އަދި މަކިޓާ ޓޫލްސްގެ އިތުރަށް އޭގެ އެކްސެސަރީސް ސޭލްގައި ލިބެން ހުންނާނެ އެވެ.
މި ސޭލްގައި ހާއްސަ ލަކީޑްރޯއެއް ނެގުމަށް ހަމަޖެހިފައިވާއިރު، ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމެއް ލިބިގެންދާނެ އެވެ.
އެސްޓީއޯއިން ބުނެފައި ވަނީ ސޭލްގައި ބޮޑެތި ޑިސްކައުންޓުތަކެއްގައި، އަގުހެޔޮކޮށް ތަކެތި ލިބެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓުގައި 60 ފަސެންޓާއިހަމައަށް ޑިސްކައުންޓުތައް ހުންނާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

